މާލެ: 31°C

ޕާޕާ ރުޅިގަދަވެއްޖެ، އަދުރޭއާ ގުޅޭ ޓްވީޓްތައް

ޕާޕާ ރުޅިގަދަވެއްޖެ، އަދުރޭއާ ގުޅޭ ޓްވީޓްތައް
August 29, 2024
3 ފަހަރު ބަލާފައި
ޕާޕާ ރުޅިގަދަވެއްޖެ، އަދުރޭއާ ގުޅޭ ޓްވީޓްތައް

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ އެއް ލޭނު މަދުވެގެން ރައީސް އަބްދުﷲ ޔާމީން، އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒަށް ރޮވެންދެން ބަވައިލިކަމަށް، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާއި ގުޅިގެން އަހްމަދު ފަޔާޒު (ޕާޕާ) ފާޑުވިދާޅުވެއްޖެއެވެ.

ޕާޕާގެ އެކްސް އެކައުންޓްގައި ޕޯސްޓް ކޮށްފައިވަނީ މިހާތަނަށް ރައީސް މުއިއްޒުގެ ހާމަނުވެ އޮތް ކަމެއް އަދުރޭ ހާމަކުރައްވައިފި ކަމަށެވެ.

ސަންގު ޓީވީން ގެނެސްދިން އިންޓަވިއުގައި އަބްދުއްރަހީމު ވިދާޅުވީ ފެށުނީއްސުރެވެސް ޔާމީންގެ ހިތުގައި މުއިއްޒަށް ހިތްހަމަ ނުޖެހުން އޮތް ކަމަށާއި ތިންފަހަރެއްގެ މަތިން ހައުސިން މިނިސްޓަރުގެ މަގާމުން ވަކިކުރަން އުޅުއްވި ކަމަށެވެ.

ޕާޕާ ތުހުމަތު ކުރައްވާ ގޮތުން މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އާއި އަދުރޭ ބައްދަލު ކުރި ފަހުން ބަހާއި ރާގު ބަދަލުވެފައިވާ ކަމަށެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު އާއި ދެކޮޅަށް ނުސީދާކޮށް އަދުރޭ ބަޣާވާތެއް ފައްޓަވަމުން ގެންގޮސްފައިވާ ކަމަށް ޕާޕާ ސިފަކުރެއްވިއެވެ.

އަދުރޭއަކީ ޔާމީންގެ ފަހަތުގައި ހުންނަވާ އެމަނިކުފާނާއި ދެކޮޅަށްވެސް ބަޣާވާތް ކޮށްފައިވާ ފަރާތަކަށްވާއިރު އެހެން މީހަކަށްވެސް އެފަދައިން ކަންތައްކުރަންފަސްނުޖެހޭނެ ކަމަށް ޕާޕާ ސިފަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ