މާލެ: 31°C

ސްޓެލްކޯގެ ހޮޓްލައިން 1545

ސްޓެލްކޯގެ ހޮޓްލައިން 1545
August 29, 2024
2 ފަހަރު ބަލާފައި
ސްޓެލްކޯގެ ހޮޓްލައިން 1545

ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން ނަންބަރު ތައާރަފްކޮށްފިއެވެ.

ސްޓެލްކޯއިން ސޯޝަލްމީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ތައާރަފްކޮށްފައިވާ ހޮޓްލައިން ނަންބަރަކީ “1545” އެވެ. އެ ކުންފުނިންބުނެފައިވާގޮތުން މިއީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް ފަސޭހަކަމާއިއެކު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ ކަންކަމުގެ ތެރެއިންފެށިފައިވާ މަސައްކަތެއްކަމަށެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތައް ހުށައެޅުމަށާއި ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުންހުރިމައުލޫމާތު ހޯދުމަށްވެސް މި ހިދުމަތް ބޭނުންކުރެވޭނެކަމަށެވެ. އަދި އެ ނޫންވެސް ކުންފުންޏާއި ގުޅުން ހުރި ކަންކަމުގައި ހޮޓްލައިން ނަންބަރުބޭނުންކުރެވޭކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ޚިދުމަތާއިއެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށްސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުޢާމަލާތު ކުރެވޭނެ އިންތިޒާމުވެސް މިހާރު ހަމަޖައްސާވައިވާކަމަށް މައުޅޫމާތު ދީފައިވެއެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ