މާލެ: 31°C

ގަޥާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ އާދަޔާ ޚިލާފު އޮޮަޕަރޭޝަނެއް

ގަޥާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ އާދަޔާ ޚިލާފު އޮޮަޕަރޭޝަނެއް
August 29, 2024
2 ފަހަރު ބަލާފައި
ގަޥާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ އާދަޔާ ޚިލާފު އޮޮަޕަރޭޝަނެއް
މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން 200 އަށް ވުރެ ގިނަ އިމިގްރޭޝަން އޮފިސަރުން ނިކުމެ ބޮޑު އޮޮޕަރޭޝަނެއް ހިންގަން ފަށައިފި އެވެ. އިމިގްރޭޝަނުން ބުނީ، އެ އޮޕަރޭޝަންގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވާނެ ކަމަށާއި އެ އޮފިސަރުން ހަރަކާތްތެރިވާނީ 52 ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެތަނުން ބުނީ އެ ހަރަކާތުގެ މަގްސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަތުން ކަމަށެވެ. އޮޕަރޭޝަނުން ދެނެގަނެވޭ ފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާނެ އެވެ. އަދި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުން ކަމަށެވެ. އެގޮތުން އެ ހަރަކާތުން ހޯދޭ މަޢުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު މާލެ ސަރަހައްދުގެ ހާލަތު ދެނެގަނެވިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ