މާލެ: 31°C

އިގްތިސާދީ ހުރިހާ ހަލާކެއްގެ އަސްލަކީ އެމްޑީޕީ، މިހާރު އިގްތިސާދީ ވާހަކަ ދައްކާތީ ލަދުނަގަނޭ: އަބްދުއްރަހީމް

އިގްތިސާދީ ހުރިހާ ހަލާކެއްގެ އަސްލަކީ އެމްޑީޕީ، މިހާރު އިގްތިސާދީ ވާހަކަ ދައްކާތީ ލަދުނަގަނޭ: އަބްދުއްރަހީމް
August 28, 2024
2 ފަހަރު ބަލާފައި
އިގްތިސާދީ ހުރިހާ ހަލާކެއްގެ އަސްލަކީ އެމްޑީޕީ، މިހާރު އިގްތިސާދީ ވާހަކަ ދައްކާތީ ލަދުނަގަނޭ: އަބްދުއްރަހީމް
މިދިޔަ ފަސް އަހަރު ވެރިކަންކުރި އެމްޑީޕީން ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ކޮށްލުމަށް ފަހު ވެއްޓުނު އަނދަވަޅުން ނަގަން މި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެ ޕާޓީން ގެއްލުންދެމުންދާ ކަމަށާއި އިގްތިސާދީ ކަންކަމުގައި އެ ޕާޓީގެ ލަފާ ހޯދައިފިނަމަ ވާނީ ނުލަފާ ކަމަށް ސަރުކާރު ހިންގަ މައި ޕާޓީ ޕްރޮގްރެެސް ކޮންގްރެސް ކޯލިޝަންގެ ޗެއާޕަސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ. ސަރުކާރާ ގުޅޭ ގޮތުން މީޑީއާގައި ދެކެވޭ ވާހަކަތަކުގެ ތަފްސީލު ހިއްސާކުރުމަށް ކޮންގްރެސް ޕާޓީގެ ލީޑާޝިޕުން މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މިދިޔަ ފަސް އަހަރުގައި އިދިކޮޅުގައި ތިއްބެވިއިރު ތަކުރާރު ކުރެއްވި ފަދައިން އިގްތިސާދީ ގޮތުން ރާއްޖެ އަނދަވަޅަކަށް ވައްޓާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ވެރިންގެ ހިޔާނާތްތަކުގެ ސަބަބުން ކަމަށެވެ. އޭރު އިދިކޮޅުގައި ތިބިއިރު މަޖިލީހުގައި އާއި ޕްރެސްކޮންފަރެންސް ތަކުގައިވެސް އިގްތިސާދީ ގޮތުން ރާއްޖެ އަނދަަވަޅަކަށް ވެއްޓޭނެ ކަމަށް ތަކުރާރު ބުނަމުން ދިޔަ ކަމަށާއި އެކަމަކު ސަރުކާރުން އެ ވާހަކަތަކަށް ދިނީ ބީރުކަންފަތެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. "ފައިސާ ޗާޕްކުރީމަ ވާނީ މިހެންނޭ. ވަކި ރޭޓަކަށްވުރެ މަތިން މާ ގިނަ ލޯނުތަކެއް ނަގަންޏާ މިކަން ވާނީ މިހެންނޭ" އަބްދުއްރަހީމް ވިދާޅުވީ މިއަދު ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ އެކަންތައްތައް ހައްލުކުރުމުގެ މަސައްކަތް ކަމަށެވެ. މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުގެ ވަޒީރުންނާ ވެރިންގެ ހިޔާނާތުގެ މައްސަލަތައް އެއްވެސް ވަރަކަށް މި ސަރުކާރުން ހަނދާނެއް ނުނެތެ އެވެ. އެކަމަކު ސޯލިހު ސަރުކާރުގެ ވެރިންގެ މައްސަލަ ބާލާނީ ގާނޫނު އިމުގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ. ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. "މިއަދު އަޅުގަނޑު ދެރަވޭ އެ ބޭފުޅުން (އެމްޑީޕީގެ އިސް ފަރާތްތައް) އަރާ މިހާލަތަށް ގައުމު ވައްޓާލާފައި، އަނެއްކާ އަޅުގަނޑުމެން އައިސް އެ ހާލަތުން ގައުމު ސަލާމަތްކުރަން ދިމާކުރި ވަގުތުން އަނެއްކާ އިތުރަށް މި ގައުމަށް ގެއްލުންދޭން މަސައްކަތްކުރައްވާތީ" އަބްދުއްރަހީމް ވިދާޅުވީ ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ވެރިކަންކުރި އެމްޑީޕީގެ ވެރިކަން ނިމޭ ކޮންމެ ފަހަރަކު ގައުމު އަލުން ކޮޅަށް ޖަހަން ޖެހެނީ ދެން ވެރިކަމާއި ހަވާލުވާ ބަޔަކު ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ