މާލެ: 31°C

ޕާކިސްތާނުގައި ވަރުގަދަ ބޮމުގެ ހަމަލާއެއް، 50 މަރު

ޕާކިސްތާނުގައި ވަރުގަދަ ބޮމުގެ ހަމަލާއެއް، 50 މަރު
August 28, 2024
2 ފަހަރު ބަލާފައި
ޕާކިސްތާނުގައި ވަރުގަދަ ބޮމުގެ ހަމަލާއެއް، 50 މަރު
ޕާކިސްތާނުގެ ބަލޫޗިސްތާނު ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދުތަކަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާތަކެއްގައި 50އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ . އެ ޙަމަލާތަކުގެ ޒިންމާ ބަލޫޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ އުފުލައިފައެވެ. އެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ އެ ޕްރޮވިންސްގެ ހައިވޭތަކާއި ރެއިލްވޭ ސްޓޭޝަންތަކާއި ފުލުހުންގެ މަރުކަޒުތަކަށެވެ. އަދި އެ ޙަމަލާތަކުގެ ރައްދުގައި އެ ޤައުމުގެ ސަލާމަތީބާރުތަކުން ވެސް ވަނީ ޙަމަލާތަކެއް ދީފައެވެ. ރައްދު ޙަމަލާތަކުގައި ވެސް ބަޔަކު މަރުވެފައިވެއެވެ. ބަލޫޗިސްތާނުގެ ފުލުހުންގެ މަރުކަޒުތަކަށް އަމާޒުކޮށް ދިން ޙަމަލާތަކުގައި 10 މީހުން ވަނީ މަރުވެފައެވެ. އަދި އެ ހަމަލާތަކުގެ ތެރެއިން އެންމެ ވަރުގަދަ ޙަމަލާ އަކީ އެ ޕްރޮވިންސްގެ ކާރުބާރު ބޮޑު ހައިވޭއަކަށް ދިން ޙަމަލާއެކެވެ. އެ ޙަމަލާގައި 35 އުޅަނދުގައި ރޯކޮށްލައި 23 މީހުން ވަނީ މަރާލާފައެވެ. . އޭގެ އިތުރުން، އެ ޕްރޮވިންސްގެ ވެރިކަންކުރާ ސިޓީއާ ޕާކިސްތާނުގެ އެހެން ސިޓީތަކާ ގުޅައިދޭ ރެއިލްވޭއަށާއި ޕާކިސްތާނާއި އިރާން ގުޅައިދޭ ރެއިލްވޭއަކަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާތަކެއްގެ ސަބަބުން ރޭލުގެ ޚިދުމަތްތަކަށް ވަނީ ބުރޫއަރައިފައެވެ. އެ ޕްރޮވިންސްގެ ވެރިކަންކުރާ ސިޓީއާ ޕާކިސްތާނުގެ އެހެން ސިޓީތަކާ ގުޅައިދޭ ރެއިލްވޭއަށް ދިން ބޮމުގެ ޙަމަލާ އަމާޒުވި ސަރަޙައްދުން ކާކުކަން ނޭގޭ ހަ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ބީއެލްއޭއިން ބަލޫޗިސްތާނުގައި ދެމުންދާ ޙަމަލާތަކަކީ ގިނަ އަހަރުތަކަށް ދެމިގެންގޮސްފައިވާ ޙަމަލާތަކެކެވެ. އެ ޙަމަލާތައް ދެމުން ދަނީ އެ ޕްރޮވިންސްގައި ބޭރުގެ އިންވެސްޓަރުން ކުރިއަށްގެންދާ މަޝްރޫއުތަކަށް އަތްގަދަ ކުރުމުގެ ބޭނުމުގައެވެ. ބަލޫޗިސްތާނަކީ ޗައިނާއިން އިސްވެ ބަނދަރަކާއި ރަން އަދި ލޮއިފަދަ ތަކެތި މައިންކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ގުދުރަތީ ވަޞީލަތްތައް މުއްސަނދި ޕްރޮވިންސެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ