ތައިލެންޑުގައި ފެންބޮޑުވެ 22 މަރު

ތައިލެންޑުގައި ފެންބޮޑުވެ 22 މަރު
ލިޔުން:
ތައިލެންޑަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ދިމާވި ފެން ބޮޑުވުމުގެ ޙާދިޘާތަކާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިޘާތަކުގައި މަރުވި މީހުންގެ އަދަދު 22އަށް އަރައިފިއެވެ. އަދި އެ ޙާދިޘާތަކުގައި 19 މީހަކު ވަނީ ޒަޙަމުވެފައެވެ.
އެ ޙާދިޘާތަކުގައި 30،000އަށްވުރެ ގިނަ ގެދޮރަށް ގެއްލުން ލިބިފައިވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ސަރަޙައްދުތަކަށް ވިއްސާރައިގެ އަސަރު ކުރާނެ ކަމުގެ އިންޒާރު ތައިލެންޑްގެ ރަސްމީ އިދާރާތަކުން ވަނީ ދީފައެވެ.
މިދިޔަ ހަފުތާގައި އެ ޤައުމުގެ ފުކެޓަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިނގައިދިޔަ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިޘާގައި 13 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ރަޝިއާގެ ދެ މަފިރިންނާއި ތައިލެންޑްގެ ދެ މީހުންގެ އިތުރުން މިޔަންމާގެ ނުވަ މީހުން ހިމެނެއެވެ. އެ ޙާދިޘާގައި 20 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަދި 209 ގޭބީސީއަކަށް ވަނީ ގެއްލުންވެފައެވެ.
ތައިލެންޑްގެ ބޮޑުވަޒީރު ޕޭޓޮންގޓާން ޝިނާވަތާ ވަނީ ހަފުތާ ބަންދުގައި ވިއްސާރައިގެ އަސަރުކުރި އުތުރުގެ ސަރަހައްދުތަކަށް ވަޑައިގެން އެ ސަރަޙައްދުތަކައި ދިރިއުޅެމުންދާ މީހުންގެ ހާލު ބައްލަވާފައެވެ. އަދި ބޮޑުވަޒީރު ވަނީ ހާލުގައިޖެހިފައިވާ މީހުންނަށް ކާބޯތަކެތި ބައްސަވާފައެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ތައިލޭންޑްގެ ފަސް ޕްރޮވިންސެއްގައި ވަނީ ފެން ބޮޑުވެފައެވެ. އޭގެ ތެރޭގައި ޗިއަންގ ރައި ސުޚޯތައި އަދި ޕްރައޭ ޕްރޮވިންސް ހިމެނެއެވެ. އޭގެ އިތުރުން، އެ ޤައުމުގެ ވެރިރަށް ބެންކޮކް ހިމެނޭހެން، ޗައޯ ޕްރަޔާ ކޯރާ ކައިރި ސަރަހައްދު ތަކުގައި ފެން ބޮޑުވެދާނެކަމުގެ އިންޒާރު ވަނީ ދީފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
