މާލެ: 31°C

ރައީސް ޔާމީން އަވަހާރަކޮށްލަން ޜޭވިކަމުގެ ތުހުމަތު

ރައީސް ޔާމީން އަވަހާރަކޮށްލަން ޜޭވިކަމުގެ ތުހުމަތު
August 28, 2024
2 ފަހަރު ބަލާފައި
ރައީސް ޔާމީން އަވަހާރަކޮށްލަން ޜޭވިކަމުގެ ތުހުމަތު
އެމަނިކުފާނު އަވަހާރަކޮށްލަން ރޭވި މީހުން ތިބީ ސަރުކާރުގައިކަން އެނގި ތިބެ ސަރުކާރާ އެކު ދެމި ތިބޭނީ ގައްދާރުންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން ހައްޔަރުކުރަން މާމިގިލީ ކޯޓުން ނެރުވި އަމުރާ ގުޅިގެން އެ ކޯޓުގެ އޭރުގެ ގާޒީ ނިހާނު ހައްޔަރުކޮށް ތަހުގީގުކުރުމަށް ފަހު ނެރުނު ފޮރެންސިކު ރިޕޯޓުގެ ޕްރެސެންޓޭޝަނެއް ވަނީ ހޯމަ ދުވަހުގެރޭ ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވަނީ ހުށަހަޅާދީފައެވެ. ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒު ވަނީ އެ ރިޕޯޓުގެ ތަފްސީލު ދެއްވާފައެވެ. އެގޮތުން ރައީސް ޔާމީން ހައްޔަރުކޮށް އަވަހާރަކޮށްލަން ރޭވި ރޭވުމުގެ ތެރޭގައި މިއަދުގެ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާއާ މަޖިލިސް ރައީސް ވެސް ހިމެނިވަޑައިގަންނަވާހެން ބޮޑުންގެ ލިސްޓެއް ވެއެވެ. އެކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު އަވަހާރަކޮށްލުމަށް ފަހު ހެކި ނައްތާލާ އެމަނިކުފާނު އަމިއްލައަށް ދަން ޖެހުނީކަން ދެއްކުމަށް ރަވާފައިވާކަން އެ ރިޕޯޓުން ހާމަވާއިރު، ހަނދާނަށް އަންނަނީ 2018 ގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާ މއްސަލަ ކޯޓުގައި ހިންގަމުން ދަނިކޮށް ފުލުހުން ހެކީގެ ގޮތުގައި ހުރި ވޯޓު ކަރުދާސްކޮޅުތައް ނައްތާލި ހަނދާން ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދޫނިދޫ ޖަލުގައިވެސް ފުލުހުން ހިންގަން އުޅުނީ އެފަދަ ވިޔާނުދާކަމެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ