މާލެ: 31°C

ކެބިނެޓުގައި މުޖުރިމުން ތިބިކަމަށް ޔާމީން ވިދާޅުވެއްޖެ

ކެބިނެޓުގައި މުޖުރިމުން ތިބިކަމަށް ޔާމީން ވިދާޅުވެއްޖެ
August 27, 2024
2 ފަހަރު ބަލާފައި
ކެބިނެޓުގައި މުޖުރިމުން ތިބިކަމަށް ޔާމީން ވިދާޅުވެއްޖެ

ފެންވަރުގެ ކެބިނެޓެއް އެކުލަވާލާނެ ކަމަށް ވައުދުވެވަޑައިގަތުމަށްފަހު އެކުލަވާލި ކެބިނެޓްގެ ދަށުފަށަލައިގައި ތިބީ ހުސްމުޖުރިމުންކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ރައްޔިތުން ގަބޫލުކުރާނެ، އިލްމީ ގާބިލް ކެބިނެޓެއްއެކުލަވާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އިރު މިއަދު އެ ކެބިނަޓަކުން އެ މަންޒަރު ނުފެންނަ ކަމަށެވެ.

އޭގެބަދަލުގައި ފެންނަނީ އެ ކެބިނެޓްގައި ހުސް މުޖުރިމުން ތިބި މަންޒަރުކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށްފާޑުކިޔުން އަމާޒުކުރައްވާފަ އެވެ.

ކެބިނެޓް އެކުލަވާލުމުގައި ރައީސް މުއިއްޒު ފެއިލްވެފައިވާ މިންވަރު ހާމަކޮށްދެއްވަމުން ރައީސް ޔާމީން ވަނީ މިފަދަ ކަންކަންމިގޮތައް ހުރިއިރު ރައްޔިތުންނާ ރައީސް މުއިއްޒު ކުރިމަތިލައްވާނީ ކިހިނަކުންތޯ އައްސަވާ ރައީސް މުއިއްޒުގެ އަމަލުތަކަށްފާޑުވިދާޅުވެފަ އެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ