ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑުގެ ނިންމުމާއި އެކު، އަވައްޓެރި ގައުމުތަކުގައި ސަރުކާރުތައް ވައްޓާލި ގޮތަށް މަގުމައްޗަށް ނިކުމެ ބަޣާވާތެއް ހިންގުމަށްކުރި މަސައްކަތް ފެއިލްވެފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބޭންކުން ކުއްލިއަކަށް ނޯޓިސްއެއް އާންމު ކުރުމާއި ދިވެހި އެތައް ރައްޔިތުންނެއްގެ ދިރިއުޅުންހުއްޓިގެން ދިޔަ އެވެ. އަދި މިއީ ސަރުކާރާއި އެކު ކުރަމުން ދިޔަ މަޝްވަރާތަކާއި، ލަފައާއި ހިލާފު ނިންމުމަކަށް ވާތީ އެކި ބައްދަލުވުންތައް ކުރިޔަށްގެންގޮސްފައި ވެއެވެ.
އެ ނިންމުން ބީއެމްއެލް އަނބުރާ ގެންދިޔަ ނަމަވެސް، އިދިކޮޅު
އެމްޑީޕީ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ސަރުކާރު ބަދަލު ކުރަން ހިތްވަރުދީ ވާހަކަ ދައްކާފަ އެވެ. އަދި ސޯޝަލް މީޑީއާގައި ދައުރު ކުރި ޕޯސްޓުތަކުގެތެރޭގައި ލަންކާއައި ބަންގްލަދޭޝްގެ ވެރިކަން ވައްޓާލައި ބޮޑުވަޒީރުގެ ގެކޮޅަށް ވަދެ އާންމުން އުޅުނު މަންޒަރު ފެންނަ ފޮޓޯތައް ދައުރު ކުރި އެވެ. މިފަދައަމަލުތަކަށް ހިތްވަރު ދީ، ގާނޫނީ ވެރިކަމެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ފަށާފަ އެވެ.
އެކަން ފާހަގަކޮށް ޕީއެންސީގެ ޖަލްސާގައި ރައީސް މިރޭ ވިދާޅުވީ، މައްސަލަ ދިމާވި ވަގުތާއި ދިމާކޮށް އެމްޑީޕީގެ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމާއިމީޑިއާތައް އެއްކޮށް ހަމަޖެހުން ނަގާލުމަށް ހިތްވަރުދީ ނުރުހުންފާޅުކޮށްފައި ވާތީ ފުލުހުން އެ ތަހުގީގު ފަށާފައިވާކަމަށެވެ







