މާލެ: 31°C

މާލީ ހާލަތު އޮތީ އަޑިނޭނގޭ ފުން އަނދަވަޅެއްގެ ތެރޭގައި: ރައީސް

މާލީ ހާލަތު އޮތީ އަޑިނޭނގޭ ފުން އަނދަވަޅެއްގެ ތެރޭގައި: ރައީސް
August 27, 2024
2 ފަހަރު ބަލާފައި
މާލީ ހާލަތު އޮތީ އަޑިނޭނގޭ ފުން އަނދަވަޅެއްގެ ތެރޭގައި: ރައީސް

ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ، މާލިއްޔަތު އަޑި ނޭނގޭ ފުން އަނދަވަޅަކަށް ވެއްޓުނީ ހައްދެއް ނެތި މިދިޔަ ފަސް އަހަރު ފައިސާ ޗާޕު ކުރުމުގެސަބަބުންކަމަށް ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ޕީއެންސީ ޖަލްސާގައި ރައީސް ވިދާޅުވީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައިއޮތް ކަންބޮޑުވުމަކީ ވެސް އެއީ ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ގައުމު ވައްޓާލާފައި އޮތް ހާލަތު އެނގި ސާފުވީ މަސައްކަތާއި ހަވާލުވެ، ރަނގަޅު މަގުން ކަންކަން ކުރިޔަށް ގެންދެވޭނެމަގެއް ހޯދުމުގެ ތެރެއިންނެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު އެންމެ ބޮޑަށް ގޯސްވީ، ހައްދެއް ނެތި ފައިސާ ޗާޕު ކުރުމުގެ ސަބަބުންކަން ފާހަގަކުރައްވައި ރައީސްވިދާޅުވީ އޭގެ މައްޗަށް ލޯނުތައް ނަގަމުން ދިޔައީ އެއްވެސް ޕްލޭނެއް ނެތިކަމަށެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ