މާލެ: 31°C

ފަލާހުގެ އިންޒާރެއް: ކުރީގެ ރައީސުންގެ އިނާޔަތަ ކަނޑާލަން ޖެހިދާނެ

ފަލާހުގެ އިންޒާރެއް: ކުރީގެ ރައީސުންގެ އިނާޔަތަ ކަނޑާލަން ޖެހިދާނެ
August 27, 2024
2 ފަހަރު ބަލާފައި
ފަލާހުގެ އިންޒާރެއް: ކުރީގެ ރައީސުންގެ އިނާޔަތަ ކަނޑާލަން ޖެހިދާނެ
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުންދާ އިނާޔަތްތަކަށް ބަދަލު ގެންނަން ޖެހިދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު / ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ދެއްވައިފިއެވެ. ޕީއެންސީގެ ހަރުގެ ޖަލްސާ ގައި ވާހަކަދައްކަވަމުން ފަލާހު ވަނީ ރައީސްކަން ކުރައްވާފައިވާ ރައީސް އަބްދުﷲ ޔާމީން އާއި ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ދެ ރައީސުން ވިދާޅުވެފައިވާތީ ވަރަށް ޒާތީކޮށް އެ ބޭފުޅުންނަށް ފާޑުވިދާޅުވެ ފަލާހު ވަނީ ރައްދު ދެއްވާފައެވެ. ރައީސް ނަޝީދަށް އިޝާރާތް ކުރައްވާ ފަލާހު ވިދާޅުވީ މިހާރުވެސް ރާއްޖެއިން ބޭރުގައި ވަޒީފާއެއް ގައި ހުންނެވީ ކުރީގެ ރައީސުންގެ އިނާޔަތާއި ސެކިއުރިޓީ ވެސް ނަންގަވައިގެން ކަމަށެވެ. އެކަމަށް އަހަރަކު ހަތަރު / ފަސް މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކަވާއިރު އެ ބޭފުޅުންނަށް ދައުލަތުން ކުރައްވާ މިފަދަ ހަރަދުތައް ކުޑަކުރެއްވުމަށް ވާހަކަ ދައްކަވަން ޖެހޭނެ ކަމަށެވެ. އަދި ނުސީދާކޮށް އިންޒާރު ދެއްވީ ޕީއެންސީއަށް އޮތް މެޖޯރިޓީގެ ބޭނުންކޮށް އިނާޔަތްތަކަށް ބަދަލު ގެންނަން ޖެހިދާނެ ކަމަށެވެ. ރައީސް ޔާމީނަށް ވަރަށް ބޮޑަށް ހުޝާމަދު ކުރެއްވި ފަލާހު މިރޭ ވެސް ވަނީ އެމަނިކުފާނަށް ވަރަށް ޒާތީކޮށް ފާޑު ވިދާޅުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ