މިނިސްޓަރު ވިދާޅުވަނީ އެމްޑީޕީން އުޅުނީ މާލީ ބަގާވާތެއް ގެންނަން ކަމަށް

މިނިސްޓަރު ވިދާޅުވަނީ އެމްޑީޕީން އުޅުނީ މާލީ ބަގާވާތެއް ގެންނަން ކަމަށް
ލިޔުން:
އިދިކޮޅު އެމްޑީޕީން އިއްޔެ ގެންނަ އުޅުނު މާލީ ބަގާވާތް ރައީސް ޑރ މުހައްމަދު މުއިއްޒު ފޭލްކޮށްލައްވައިފި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް އެ އިޝާރާތްކުރައްވަނީ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއްޔެ އިއުލާންކުރި ކުރުމަށެވެ.
"ގައުމީ ބޭންކުން (ބީއެމްއެލް) އިން ދިވެހި ރައްޔިތުންގެ ކަރުގައި ހިފަން އެ ނިންމި ނިންމުން ނިންމި އިރުގައި އެމްޑީޕީގެ ބޭފުޅުން ތިއްބެވީ ޕްރެސް ކޮންފަރެންސްގައި އެ ވާހަކަ ދައްކަން، އެއީ އިއްތިފާގެއް ނޫން. މިއީ އިންތިޒާމު ކުރެވިގެން ރޭވިގެން ހިންގަން އުޅުނު ބަގާވާތެއް" މިރޭ ހ. ވެޔޮވިލާ ގައި ކުރިއަށްދާ ޕީއެންސީ ޖަގަހަ ޖަލްސާގައި ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކަަމަކު އެ ބަގާވާތެއް ނުގެނެވުނު ސަބަބަކީ އެމްޑީޕީއަށް ރައީސް މުއިއްޒުގެ ހިކުމަތްތެރިކަން އެނގިފައި ނެތުން ކަމަށެވެ.
އަދި ރައީސް އަކީ ކަންކަމާއި ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ ވެރިއެއްކަންވެސް އެމްޑީޕީއަށް އެނގިފައި ނެތުން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީން ބަގާވާތެއް ގެންނަ އުޅުނު ކަމަށް ޝިޔާމް ވިދާޅުވެފައިވާއިރު ގާނޫނީ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ވަނީ ސީރިއަސް މައްސަަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށާފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
