މާލެ: 31°C

ބޭންކަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރަނީ

ބޭންކަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރަނީ
August 27, 2024
2 ފަހަރު ބަލާފައި
ބޭންކަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރަނީ
ބޭރު ފައިސާއިން އާމްދަނީ ލިބޭ ރާއްޖޭގެ ވިޔަފާރިތަކަށް ބޭންކުން ޑޮލަރު މާރުކުރެވޭނެ ގޮތަށް މަޖުބޫރުކުރުވަން މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ގަވައިދަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ ސަރުކާރު ހިންގާ ޕީއެންސީން ހ. ވެޔޮވިލާގައި ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ގަވައިދަށް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ބަދަލުތަކެއް ގެނައުމަށް ރައީސް ވަނީ ގަވަރުނަރަށް ލަފާދެއްވާފަ އެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެމްއެމްއޭއިން ތިން ރެގިއުލޭޝަނަކަށް ބަދަލު ގެންނާނެ ކަމަށެވެ. އޭގެ ތެރޭގައި މަނިޓަރީ ރެގިއުލޭޝަންގެ އިތުރުން މަނީ ޗޭންޖާސް ރެގިއުލޭޝަންކަން ހިމެނޭ ކަމަށް ވިދާޅުވި އެވެ. "މި ރެގިއުލޭޝަން (މަނީ ޗޭންޖާސް) އަށް ގެންނަން ބަދަލުތަކުގެ ސަބަބުން ވާނެ ގޮތަކީ އަޅުގަނޑުމެންގެ ރާއްޖޭގައި ހިންގާ ވަރަށް ގިނަ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވަރަށް ގިނަ ވިޔަފާރިތައް އެބަ ހިންގާ.. އެ ފައިސާ ބްލެކް މާކެޓުގައި މިހާރު މާރުކުރާ މާރުކުރުން ނިމުމަކަށް އައިސް ބޭންކަން މާރުކުރަން މަޖުބޫރުވާނެ" ރައީސް ވިދާޅުވި އެވެ. އިއްޔެ ވަޒީރުންގެ މަޖިލީހުގައި ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކޮށް، ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް މިހާރުން މިހާރަށް އިތުރުކުރެއްވުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވެ އެވެ. އެގޮތުން ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަވަންޖެހޭ ބަދަލުތައް ގެންނެވުމަށްފަހު، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ، އެމެރިކާ ޑޮލަރުން ނަގަން ފެށުމަށްވަނީ ނިންމަވާފަ އެވެ. އަދި ބޭރު ފައިސާއިން ދޭ އުޖޫރައިން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން، އެމެރިކާ ޑޮލަރުން ނަގަން ފެށުމާއި ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކުގެ ކޯޕަރޭޓް އިންކަމް ޓެކްސް، އެމެރިކާ ޑޮލަރުން ދައްކާ ގޮތަށް ބަދަލު ކުރުމަށްވެސް ވަނީ ނިންމަވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ