މާލެ: 31°C

ސަރުކާރު ވައްޓާލައި މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ބުނެ މައްސަލަ ފުލުުހުން ތަހުގީގުކުރަން ފަށައިފި

ސަރުކާރު ވައްޓާލައި މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ބުނެ މައްސަލަ ފުލުުހުން ތަހުގީގުކުރަން ފަށައިފި
August 27, 2024
2 ފަހަރު ބަލާފައި
ސަރުކާރު ވައްޓާލައި މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ބުނެ މައްސަލަ ފުލުުހުން ތަހުގީގުކުރަން ފަށައިފި
ސަރުކާރު ވައްޓާލައި މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މައްސަލަ ފުލުުހުން ތަހުގީގުކުރަން ފަށައިފި އެވެ ސީދާ އެމްޑީޕީގެ ނަން ނުގެނެސް ފުލުސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެެ ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގިނަ ރައްޔިތުންތަކަކަށް ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމިއިރު ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި ހަމަ އެ ވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓު ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަނުޖެހުން ނަގާލަން ގޮވާލާފައިވާ ކަމަށެވެ. އެހެން އެ މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ. "ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ އެކަމަކީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ފުލުހުންގެ ހިދުމަތުން ވަނީ ތަހުގީގުކުރަން ފަށާފައި" ފުލުހުންގެ ބަޔާނުގައި ބުންޏެވެ. އެފަދަ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު އެމްޑީޕީން މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްވެސް ވަނީ މިރޭ ތުހުމަތު ކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެމްޑީޕީން ގެންނަން އުޅުނު ބަގާވާތް ނުގެނެވުނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހިކުމަތްތެރިކަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ