މާލެ: 31°C

އަދުރޭ ޕީޕީއެމްގައި ހުރީ މާލީ މަންފާއަށް: ޔާމީން

އަދުރޭ ޕީޕީއެމްގައި ހުރީ މާލީ މަންފާއަށް: ޔާމީން
August 26, 2024
2 ފަހަރު ބަލާފައި
އަދުރޭ ޕީޕީއެމްގައި ހުރީ މާލީ މަންފާއަށް: ޔާމީން
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގައި އަބްދުއްރަހީމް ހުންނެވީ އަޅެއްގެ ގޮތުގައި ކަމަށް އޭނާގެ ދަރިކަލުން، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވުމުން، ރައީސް ޔާމީން އަބްދުލްގައްޔޫމް ރައްދުދެއްވައިފި އެވެ. އެގޮތުން އެމަނިކުފާނު ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އަދުރޭއަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ދިން ކަމަށް އޭރު ފުލުހުންގެ ހިދުމަތުން ނެރުނު ތަހުގީގު ރިޕޯޓްގައި އޮތުމުން އެ ވާހަަަކަ ދައްކަވާ "ބުޅާ ގޯނިން" ބޭރުވެެއްޖެ ކަމަށް ވެސް ވިދާޅުވެފައެވެ. “އެބަޖެހޭ އަބްދުއްރަހީމްގެ ދަރިފުޅު ފައިސަލް ވެސް ފިލާވަޅެއް ނަގަން.. ބައްޕަ އުޅުނީ ޕީޕީއެމްގައި ރައީސް ޔާމީން ކައިރީ އަޅެއްގެ ގޮތަށޭ، އަޅެއްގެ ގޮތައް ނޫނަސް، އެތަނުން ނިކުމެގެން ނުދެވުނީ މިކަހަލަ ބޮޑެތި މާލީ،މާއްދީ މަންފާތައް ލިބޭތީވެ.”ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އަދުރޭ ޕީޕީއެމް/ޕީއެންސީގައި އޭރު ނެތްނަމަ އަދީބު އެ ފައިސާ އަދުރޭއަށް ނުދޭނެކަމަށެވެ.
މަޖިލީހަކީ ގާނޫނު ހަދާ ތަނަކަށް ވެފައި އެތަނަކީ ރައްޔިތުންގެ ހައްގުގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރާ ތަނަކަށްވާއިރު އެތަނުގެ ވެރިޔާގެ ހިޔާނާތުގެ މައްސަލައެއް އޮތުމަކީ ލަދުވެތިކަމެއް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ