މާލެ: 31°C

35 ޤައުމަކުން ވީޒާއާ ނުލައި ސްރީ ލަންކާއަށް ދަތުރުކުރެވޭ ގޮތް ހަދަން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި

35 ޤައުމަކުން ވީޒާއާ ނުލައި ސްރީ ލަންކާއަށް ދަތުރުކުރެވޭ ގޮތް ހަދަން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި
August 25, 2024
2 ފަހަރު ބަލާފައި
35 ޤައުމަކުން ވީޒާއާ ނުލައި ސްރީ ލަންކާއަށް ދަތުރުކުރެވޭ ގޮތް ހަދަން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި
ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް 35 ޤައުމަކުން ވީޒާއާ ނުލައި ސްރީ ލަންކާއަށް ދަތުރުކުރެވޭ ގޮތް ހަދަން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އޮކްޓޫބަރު މަހުން ފެށިގެން ހަ މަސް ދުވަހުގެ ޕައިލެޓް މަޝްރޫޢެއްގެ ދަށުން ފަތުރުވެރިންނަށް ވީޒާއާ ނުލައި 30 ދުވަހަށް ސްރީ ލަންކާއަށް ދަތުރުކުރެވޭނެ ކަމަށް އެ ޤައުމުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ބަނޑޫލާ ގުނަވަރްދަނާ ވިދާޅުވިއެވެ. ސްރީ ލަންކާގެ ސަރުކާރުގެ އަމާޒަކީ އެ ޤައުމުގެ ފަތުރުވެރިކަން ކުރިއަރަމުންދާ ހަލުވި މިނުގެ ފައިދާ ނަގައި ވީޒާއާ ނުލައި ފަތުރުވެރިންނަށް ދަތުރުކުރެވޭނެ މަންޒިލަކަށް އެ ޤައުމު ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ. ވީޒާއާ ނުލައި ސްރީ ލަންކާއަށް ދަތުރުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ޤައުމުތަކުގެ ތެރޭގައި ޗައިނާ، އިނގިރޭސިވިލާތް، ޖަރުމަން،ވިލާތް ނެދަލެންޑްސް، ބެލްޖިއަމް، ސްޕެއިން، އޮސްޓްރޭލިޔާ، ޑެންމާކް، ޕޮލެންޑް، ކަޒަކިސްތާން، ސަޢުދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި ޢިމާރާތް، ނޭޕާލް، އިންޑޮނޭޝިޔާ، ރަޝިޔާ، ތައިލޭންޑް، މެލޭޝިޔާ، ޖަޕާން، އަދި ފަރަންސޭސިވިލާތް ފަދަ ގައުމުތައް ހިމެނެއެވެ. ރީތި ގޮނޑުދޮށްތަކާއި ޤަދީމީ އާސާރުތަކާއި މީރު ކާނާއާއި ސައިގެ ސަބަބުން މަޝްހޫރުވެފައިވާ ސްރީ ލަންކާގެ ފަތުރުވެރިކަމުގެ ސިނާޢަތް އެންމެ ފުރަތަމަ ހުއްޓުނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުންނެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އެ ޤައުމު ބަނގުރޫޓުވެ ހިނގައިދިޔަ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަން އިތުރު ވަޅުގަނޑެއްގެ ތެރެއަށް ވެއްޓުނެވެ. މިދަޔަ އަހަރުގެ ތެރޭގައި ސްރީ ލަންކާގެ ފަތުރުވެރިކަން ވަނީ އަލުން ކުރިއަރަން ފަށައިފައެވެ. އެ ގޮތުން އޮގަސްޓް މަހުގެ މެދާ ހަމައަށް އެ ޤައުމުން ވަނީ ދެ މިލިޔަނެއްހާ ފަތުރުވެރިންނަށް މަރުޙަބާ ކިޔާފައެވެ. އަދި އަހަރު ނިމޭއިރު 2.3 މިލިޔަން ފަތުރުވެރިން އެ ޤައުމަށް އަންނާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސްރީ ލަންކާއަށް ވަނީ ފަތުރުވެރިކަމުން 1.5 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ