މާލެ: 31°C

ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު

ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު
August 25, 2024
2 ފަހަރު ބަލާފައި
ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ކުރިން ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވާންދެން މަސައްކަތް ކުރެއްވި މުހައްމަދު ސައީދު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސައީދު އެ މަގާމަށް އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު  އިސްތިއުފާ ދެއްވުމުންނެވެ.

ޕީސީބީއިން ބުނި ގޮތުގައި، ސައީދު އައްޔަންކޮށްފައި ވަނީ ޕީއެސްއެމްގެ އެމްޑީގެ އިތުރުން ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށެވެ.

 މީގެ 35 އަހަރު ކުރިން ފެށިގެން ދައުލަތަށް ހިދުމަތް ކުރައްވަމުން ގެންދަވާ ސައީދު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ