
ގަވާއިދާ ޚިލާފަށް ސެލޫން ހިންގި ބިދޭސީ އަންހެނަކު ޑީޕޯޓް
ގަވާއިދާ ޚިލާފަށް ސެލޫން ހިންގި ބިދޭސީ އަންހެނަކު ޑީޕޯޓް
ލިޔުން:
ގަވާއިދާއި ހިލާފަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުން ދިޔަ ރަޖަނީ ޝްރެސްތާ (ރިޒް) ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާއި ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު "ރިޒް" ސެލޫންގެ މައްޗަށް ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
އެގޮތުން ރިޒް ވިޔަފާރި ކުރަމުން ދިޔައީ އޭނާއަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާއި ހިލާފަށްކަމަށާއި އޭނާ އާއިއެކު އެ ސެލޫންގައި މަސައްކަތް ކުރަމުން ދިޔަ 4 ބިދޭސީންގެ ވެސް ސައްހަ ވިސާއެއް ނެތްކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ރިޒްއާއި އޭނާއާއެކު މަސައްކަތްކުރި 4 ބިދޭސީން ޑީޕޯޓު ކޮށްލީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
