މާލެ: 31°C

ސީއެމްބިއުލާންސްގައި ކޮމާސަލް ދަތުރުތައް ކުރާކަމަށް މިނިސަޓަރު އެއްބަސްވެއްޖެ

ސީއެމްބިއުލާންސްގައި ކޮމާސަލް ދަތުރުތައް ކުރާކަމަށް މިނިސަޓަރު އެއްބަސްވެއްޖެ
August 23, 2024
2 ފަހަރު ބަލާފައި
ސީއެމްބިއުލާންސްގައި ކޮމާސަލް ދަތުރުތައް ކުރާކަމަށް މިނިސަޓަރު އެއްބަސްވެއްޖެ

މިސަރުކާރުން ތައާރަފްކުރި ސީޕްލޭން އެމްބިއުލާންސް އެހެން ދަތުރުތަކަށް ބޭނުންކުރަން ފެށީ، ބަލި މީހުން އުުފުލުމަށް ވެސް ދަތިނުވާ ގޮތަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން ވަނީ މިދިޔަ މާޗް މަހު ސީޕްލޭން އެމްބިއުލާންސްގެ ހިދުމަތް ތައާރަފު ކުރުމަށް ފަހު، މިހާރު އެ ބޯޓު ކޮމާޝަލް ދަތުރުތައް ކުރުމަށް ބޭނުންކުރާ ކަމަށް ބުނެ ދެއްކެވޭ ވާހަކަތަކާ ގުޅިގެން، ވާހަކަ ދައްކަވާފައެވެ.

މިނިސްޓަރ ވިދާޅުވީ ސީޕްލޭން އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށާއި އެހެންނަމަވެސް އެ ހިދުމަތުގައި ބައެއް ލިމިޓޭޝަންސް ހުރި ކަން އެ މަނިކުފާނަށް ފާހަގަވެވަޑައިގެންނެވި ކަމަށެވެ. އަމީން ވިދާޅުވީ ސީޕްލޭން އަކީ ރޭގަނޑު ނުދުއްވޭ، ހަމައެކަނި ދުވާލު ދުއްވޭ އެއްޗަކަށް ވެފައި، އޭގައި ބައިވަރު ލިމިޓޭޝަންތަކެއް ހުރި ކަމަށެވެ. އަދި އޭގެ ސްޕީޑާއި އަދި ބައެއް ހާލަތްތަކުގައި ސީޕްލޭން ޕްރެޝަރައިޒްކޮށް ދުއްވަންޖެހުމާއި ބައިވަރު ލިމިޓޭޝަންސްތަކެއް ހުރި ކަމަށް އަމީން ތަކުރާރުކޮށް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ