މާލެ: 31°C

އަންހެނުން ބާރުވެރިކުރުމަށް ހިތްވަރުދނުމުގެ ގޮތުން "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ވިމެންސް އެޑިޝަން" އެއާޕޯރޓްސް ކޮމްޕަނީން ސްޕޮންސަރ ކޮށްފި

އަންހެނުން ބާރުވެރިކުރުމަށް ހިތްވަރުދނުމުގެ ގޮތުން "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ވިމެންސް އެޑިޝަން" އެއާޕޯރޓްސް ކޮމްޕަނީން ސްޕޮންސަރ ކޮށްފި
August 22, 2024
2 ފަހަރު ބަލާފައި
އަންހެނުން ބާރުވެރިކުރުމަށް ހިތްވަރުދނުމުގެ ގޮތުން "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ވިމެންސް އެޑިޝަން" އެއާޕޯރޓްސް ކޮމްޕަނީން ސްޕޮންސަރ ކޮށްފި
ރާއްޖޭގައި ފުތރަތަމަ ފަހަރަށް ބޭއްވުނު "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ވިމެންސް އެޑިޝަން" އަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކުރުވުމަށާއި އެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެ ދާއިރާއަށް އަންހެނުން ނިކުތުމަށް ހުރި ހުރަސްތައް ނައްތާލައި އެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ އަންހެނުންނަށް އެފުރުސަތައް ފަހިކޮސްދިނުމުގެ ގޮތުން މޯލްޑިވްސް އެސޯސިޢޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓރސް (މަޓާޓޯ) އިން އިންތިޒާމުކޮސްގެން ބާއްވާފައިވާ ކޮްނފަރެންސްއެކެވެ. އެ ކޮންފަރެންސް ޝަރަފުވެރިކޮސްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ. އެ ކޮންފަރެންސް ގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށްޓަކއި ހަގީގީ ބަދަލެއް ގެނައުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުމަކީ މުހިއްމު ކަމެއްކަމަށާއި، އެކަން ހާސިލްކުރުމަށްޓަކައި، އަންހެން ބޭފުޅުންނަށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިންތީގެ ހަމަކަން ގާއިމްކުރުމަށްޓަކައި ސަރުކާރުން ވަރަށްބޮޑަށް އަހައްމީޔަތުކަމެއް ދީގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް އެކޮންފަރެންސްގައި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދެއްވިއެވެ. އެ ކޮންފަރެންސް ގައި އެމްއޭސީއެލް ގެ ފަރާތުން އެކުންފުނީގެ އޭރޯދްރޯމް މެނޭޖްމަންޓް ސާވިސަސްގެ ސީނިއާރ ޖެނެރަލް މެނޭޖަރ މުޙައްމަދު ޝަރީފްވެސް ވަނީ ވާހަކަފުދައްކަވާފައެވެ. ޝަރީފްގެ ވާހަކަފުޅުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށްޓަކއި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެކުންފުނިވެސް ދަނީ މުހިއްމު މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން އެ ކުންފުނީގެ ސީނިއާރ މަގާމުތަކަށް އަންހެނުން އައުމަށް ހުރި ހުރަސްތައް ދެނެގަނެ އެކަންކަން ހައްލުކޮށް އެކުންފުނީގެ ސީނިއާރ މެނޭޖްމަންޓަށް އަންހެނުން ގެނައުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަމުންގެންދާ ކަމަށް ވިދާޅުވިއެވެ. އަދި ޝަރީފުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ އެކުންފުނިން މުައްޒަފުން ނެގުމުގައި ޖިންސައް ނުބަލައި ޤާބިލުކަމަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅެން ފަށާފައިވާކަމަށެވެ. އެހެންކަމުން އެ ކުންފުނީގައި އަންހެނުންނަށް ކުރިއަށް ދިއުމަށް ހުރި ހިރަސްތައް ނައްތާލައި މުހިއްމު ފިޔަވަޅުތަކެއް މިހާރު މެނޭޖުމަންޓުން އަޅުއްވަމުންގެންދަވާ ކަމަށެވެ. އެމްއޭސީއެލް އިން ހާމަކޮށްްފައިވާ ގޮތުގައި އެކުންފުނިން އެ ކޮންފަރެންސް ސްޕންސަރ ކުރުމުގެ އެއްމެ މުހިއްމު މަގްސަދަކީވެސް އެކުންފުންޏަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެއްމެ މުހިއްމު އެއްރޯލް އަދާކުރާ ކުންފުނި ކަމަށްވެފައި ފަތުރުވެރިކަމުގެ ދާއިރާއިން އަންހެނުން ކުރިއަށް ދިއުމަށް ހުރި ހުރަސްތައް ނައްތާލުމުގައި އެކުންފޫނީގެ އެހީތެރިކަން ސަރުކާރަށް ފޯރުކޮށްދީ އެދާއިރާއިން ކުރިއަށްދާން ބޭނުންވާ އަންހެނުންނަށް ހިތްވަރު ދިނުމެވެ. އެ ކޮންފަރެންސް ގައި ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އިސް އަންހެން ބޭފުޅުން ވަނީ ބައިވެރިވެ އެ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ