މާލެ: 31°C

ޕީޖީ ކޮމިޓީއަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާނެ

ޕީޖީ ކޮމިޓީއަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާނެ
August 22, 2024
2 ފަހަރު ބަލާފައި
ޕީޖީ ކޮމިޓީއަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާނެ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް އޭނާ މިއަދު ވަޑައިގެން ޖަވާބުދާރީ ވެވަޑައިގަންނަވާނެ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ޖުޑިޝަރީ ކޮމިޓީއަށް ވަޑައިގެން ޝަމީމު ޖަވާބުދާރީ ވެވަޑައިގަންނަވާނެ ކަމަށާއި ކޮމިޓީގެ އެ ޖަލްސާ ސިއްރުނުކޮށް އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ޝަމީމު އެދިވަޑައިގަންނަވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. ޝަމީމު މަގާމުން ވަކިކުރުމުގެ މައްސަލަ މިމަހުގެ 13 ވަނަ ދުވަހު އެންމެ ފުރަތަަމަ ހުށަހެޅީ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމަކަށެވެ. މައްސަލަ ހުށަހެޅުއްވީ ޕީއެންސީގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. ކޮމިޓީން އެ މައްސަލަ ފޮނުވީ މަޖިލީހުގެ ރިޔާސަތަށެވެ. މަޖިލީހުގެ ތަޅުމުގައި މިމަހުގެ 14 ވަނަ ދުވަހު މި މައްސަލަ ހުށަހެޅިއިރު ޕީޖީ ޝަމީމަށް ކުރެވޭ ގިނަ ތުހުމަތުތަކެއް މަޖިލީހުގެ ތަޅުމުގައި އަމީންއާންމު ވަނީ އިއްވާފަ އެވެ. ޝާހިދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ޝަމީމު އަމަލުކުރައްވަނީ ޕީޖީގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަމަލުކުރައްވަންޖެހޭ ގޮތަކަށް ނޫން ކަމަށެވެ. ޕީޖީ މަސައްކަތް ކުރަންވަންޖެހޭނީ އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ނުފޫޒަކާ ނުލައި، ހަމަހަމަކަމާއެކު ކަމަށާއި ނަމަވެސް ޕީޖީ އެގޮތަށް އަމަލުނުކުރައްވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ