އެމްޓީސީސީގެ އައު ސީއީއޯއަކަށް ސައުދީ، ޒިޔާދު މިނިސްޓްރީއަކަށް

އެމްޓީސީސީގެ އައު ސީއީއޯއަކަށް ސައުދީ، ޒިޔާދު މިނިސްޓްރީއަކަށް
ލިޔުން:
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުންގެ މަޤާމުން މުޙައްމަދު ޒިޔާދު ވަކިކޮށް، ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަޙްމަދު ސަޢުދީ އެ މަޤާމަށް ޢައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީންވަނީ ސަރުކާރުގެ 3 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެންނަވާފައެވެ. މިގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއި އައިލެންޑް އެވިއޭޝަނާއި ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް ޕީސީބީން ގެންނެވި ބަދަލު ވަނީ ޢާންމުކުރައްވާފައެވެ.
ޕީސީބީން ވިދާޅުވީ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ޢަބްދުﷲ ޒިޔާދު ވަކިކޮށް އެމަޤާމަށް، ހއ.ހޯރަފުށީ އަލިމަސްގޭ، އަޙްމަދު ސަޢުދީ ޢައްޔަންކުރައްވާފައިވާކަމަށެވެ. ޒިޔާދު ބަދަލުކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށެވެ.
ޕީސީބީންވަނީ ޑިވެލޮޕްމަންޓް ބެންކް އޮފް މޯލްޑިވްސްގެ ބޯޑު މެމްބަރުންގެގޮތުގައި 3 ބޭފުޅަކު ޢައްޔަންކުރައްވާފައެވެ. އެގޮތުން ޢައްޔަންކުރައްވާފައިވާ ތިން މެންބަރުންނަކީ މއ.ވޭސައިޑް 805 ފްލެޓް އަޙްމަދު ޢަލީގެ އިތުރުން ރާއްޖެއިން ބޭރުގެ ދެމީހުންވެވެ. އެއީ ރިޕަބްލިކް އޮފް ސިންގަރޕޯގެ ސަޢީދު އަބްދުއްނާސިރު ބިން ސަޢީޑު ޙަސަން އަލް ޖުނެއިދުއާއި، ޔުނައިޓެޑް ކިންގްޑަމްގެ ރޮބަރޓް ޑެނިއެލް ކާންޓްއެވެ. މީގެއިތުރުން އައިލެންޑް އެވިއޭޝަން ސަރވިސް ލިމިޓެޑުގެ ޗެއަޕަރސަންކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު މިހާދުވެސް ވަނީ އެމަޤާމުން ވަކިކުރައްވާފައިކަމަށް ޕީސީބީން ވިދާޅުވިއެވެ.
މިއީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނީޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން ޕީސީބީއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ގެނެސްފައިވާ ބަދަލެއްކަމަށް އެބޯޑުން ވިދާޅުވެއެވެ. ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މަސައްކަތް މޮނީޓަރކޮށް ފިޔަވަޅު އެޅުމަކީ ޤާނޫނީގޮތުން ޕީސީބީގެ މައްޗަށް ލާޒިމުކުރާކަމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
