މާލެ: 31°C

މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ ދޯންޏަށް 3 ޓަނު އައިސް

މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ ދޯންޏަށް 3 ޓަނު އައިސް
August 22, 2024
2 ފަހަރު ބަލާފައި
މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ ދޯންޏަށް 3 ޓަނު އައިސް
މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ ދޯންޏަށް 3 ޓަނު އައިސް ދިނުމަށް މިފްކޯއިން ނިންމައިފިއެވެ މިފްކޯއިން ވިދާޅުވީ މަސްވެރިންނަށް މަހަށް ފުރުވުމަށް ހިތްވަރުދިނުމަށް މާދަމާ، މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކޮންމެ ދޯންޏަކަށް 3 ޓަނު އައިސް ހިލޭ ދޫކުރުމަށް ނިންމާފައިވާކަމަށެވެ. މަސްވެރިންނަށް އައިސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެތަނެއްގެ ސްޓޮކް ހުސްވަންދެން ކަމަށް މިފްކޯއިން ވިދާޅުވިއެވެ. ފާއިތުވި ދުވަސްތަކުގައި މަސްވެރިކަން ވަރަށް ބޮޑަށް ދަށްވުމަށްފަހު މިހާރު ވަނީ މަސްވެރިކަން ރަނގަޅުވާން ފަށާފައެވެ. އަދި މިފްކޯއަށް ކިރާ މަހުގެ މިންވަރުވެސް އިތުރުވެފައިވާކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މަސްވެރިކަށް ދަށް ދުވަސްތަކެއް ދިޔަނަމަވެސް މިދިޔަ ދެ ހަފްތާގެތެރޭގައި މަސްވެރިކަން ރަނގަޅުކަމަށެވެ. ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ