
ަސުލްހައިގެ ވާހަކަތައް ނާކާމިޔާބު، އެމެރިކާގެ މަންދޫބު އެނބުރި ގައުމަށް
ަސުލްހައިގެ ވާހަކަތައް ނާކާމިޔާބު، އެމެރިކާގެ މަންދޫބު އެނބުރި ގައުމަށް
ލިޔުން:
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނާއި ޔަހޫދީންނަށް ގޮވައިލައްވައިފިއެވެ.
އޭނާ އެ ކަމަށް ބާރު އަޅުއްވާފައި ވަނީ, ހޫނުވެފައިވާ މެދުއިރުމަތީގެ މަސްރަޙު ފިނި ކުރުމަށާއި, ޣައްޒާ ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ކުރިއެރުވުމަށް މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރެއްވި ދަތުރު ނިންމަވައިލައްވަމުންނެވެ.
އެ ދަތުރުފުޅުގައި ބްލިންކަން ވަނީ ޔަހޫދީ ދައުލަތަށް ވަޑައިގަންނަވައި އެ ޤައުމުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރެއްވުމަށް ފަހު, މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ވިލަރެސް ކުރާ ޤަޠަރާއި މިޞްރަށް ވަޑައިގަންނަވި, އެ ޤައުމުތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ. ސުލްޙައިގެ މަޝްވަރާތައް ވިލަރެސް ކުރަމުން ދަނީ އެމެރިކާގެ އެހީތެރިކަމާ އެކުގައެވެ.
ހުސްވި ހަފުތާގައި ޤަޠަރުގެ ވެރިރަށް ދަވްޙާގައި ބޭއްވި މަޝްވަރާތަކަށް އެމެރިކާއިން ވަނީ އައު ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެ ބައްދަލުވުންތަކުގައި ޙަމާސުން ބައިވެރިވެފައެއް ނުވެއެވެ. ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ނަތަންޔާހޫއާ ބައްދަލު ކުރެއްވުމަށް ފަހު ބްލިންކަން ވިދާޅުވީ, އެމެރިކާގެ ހުށަހެޅުންތަކަށް ޔަހޫދީން އެއްބަސްވެފައިވާ ކަމުގައެވެ. އަދި, ކުރިއަށް އޮތީ, އެ ކަންކަމަށް ޙަމާސްގެ ރުހުން ހޯދުން ކަމުގައެވެ. ޤަަޠަރާއި މިޞްރުން ވަނީ އެމެރިކާގެ އައު ހުށަހެޅުންތައް ޙަމާސާ ހިއްސާ ކޮށްފައެވެ. ނަމަވެސް, ޙަމާސުން އެ ހުށަހެޅުންތަކަށް ރަސްމީ ގޮތުން ޖަވާބު ދީފައެއް ނެތެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
