ބާ ކައުންސިލުން ބަންޑާރަ ނައިބު އުނިކުރާ އިސްލާހު ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި

ބާ ކައުންސިލުން ބަންޑާރަ ނައިބު އުނިކުރާ އިސްލާހު ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި
ލިޔުން:
ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމުގެ ޒިންމާ މަތިކޮށްފާ ބާ ކައުންސިލުން ބަންޑާރަ ނައިބު އުނިކުރަން ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފް (ހުސެންބެ) ހުށަހެޅި އެ ބިލު ކޮމިޓީން ފާސްކޮށްފައިވަނީ މަޖިލީހުގެ ތަޅުމުން ފޮނުވި ގޮތަށް އިތުރު ބަދަލެއް ނުގެނެސް އެވެ.
ހުސެއިންބެ އެ ބިލު ހުށަހެޅި މަގްސަދެއްގެ ގޮޮތުގައިި ބުނެފައިވަނީ ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމަށް ކަނޑައަޅައި، ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާ އެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުމެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު އުނިކުރުމުން، އެ ކޮމިޓީ އެކުލެވޭނީ ހަމައެކަނި ގާނޫނީ ވަކީލުންގެ ފަރާތުން އިންތިހާބުކުރާ ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން ފަސް މެމްބަރުން ނެވެ. މިހާރު ބަންޑާރަ ނައިބާ އެކު އެ ކޮމިޝަންގައި ހަ މެމްބަރުން ތިއްބަވަ އެވެ.
މީގެ އިތުރުން، ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީކޮށްފައިވާ ކިޔަވާދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެތަންތަނުން އަސްލާ އެއްގޮތްކަމުގެ ތަތްގަނޑު ޖަހާދިނުމާއި ބޭރު ގައުމުތަކުގައި ބޭނުންކުރާ ބައެއް ލިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތް ކަމުގެ ތަތްގަނޑު ޖަހާދިނުން ހުއްދަކުރުމަށް ވެސް އެ ބިލުގައި ވަނީ ހިމަނާފަ އެވެ.
އެ ބިލަށް ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމް އިސްލާހެއް ހުށަހެޅި އެވެ. އަނާރާ ވިދާޅުވީ އެ ގާނޫނުގެ 30 ވަނަ މާއްދާގައި ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދޫކުރާނެ ޝަރުތެއްގެ ގޮތުގައި އެ މާއްދާގެ ހ ގެ 2 ވަނަ ނަންބަރުގައި ބުނެފައިވަނީ ބާ ކައުންސިލުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ އަދި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލްކޮށްފައިވުން ކަމަށެވެ.
އެ ނަންބަރަށް އިސްލާހެއްގެ ގޮތުގައި އަނާރާ ހުށަހެޅީ ގާނޫނީ ރޮނގުގެ އިތުރުން އިސްލާމީ ޝަރީއަތާއި ގާނޫނީ ރޮނގުން ޑިގްރީއެއް ހާސިލްކޮށްފައިވުމެވެ. އެ އިސްލާހަށް ތާއިދުކުރެއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އެވެ.
އެ ކޮމިޓީގެ މުގައްރިރު, މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ ބިލަކަށް ހުށަހެޅޭ އިސްލާހަކީ އެ އިސްލާހު ހުށަހެޅޭ މާއްދާއަކާ ގުޅުންހުރި އިސްލާހަކަށްވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔަނާކޮށްފައިވާ ކަމަށެވެ. އަދި އަނާރާ ހުށަހެޅުއްވި އިސްލާހަކީ އެހެން މާއްދާއެއް ކަމަށް ހުސްނީ ވިދާޅުވި އެވެ. އެހެންވެ އަނާރާ ވަނީ އެ އިސްލާހު އަނބުރާ ގެންދަވާފަ އެވެ.
އެ ބިލު ކޮމިޓީން ފާސްކޮށްފައިވަނީ ފަސް މެންބަރު ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
