ރައީސް ޔާމީންގެ ޝަރީއަތް: އަންނަމަހު 16ގައި އިތުރު އަޑުއެހުމެއް ބާއްވަނީ

ރައީސް ޔާމީންގެ ޝަރީއަތް: އަންނަމަހު 16ގައި އިތުރު އަޑުއެހުމެއް ބާއްވަނީ
ލިޔުން:
ސެޕްޓެމްބަރު 16އަށް އަޑު އެހުމެއް ތާވަލްކޮށް ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ މިއަދުގެ އަޑު އެހުން ނިންމާލައިފިއެވެ
ހެނދުނު 9:00ގައި މިއަދު ކުރިމިނަލް ކޯޓުގައި އޮތް އަޑު އެހުމަކީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރކޮށް ރިޝްވަތު ނަގާފައިވާ ކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރިން ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ ކުރި ހުކުމް، ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިުނާފުކުރުމުން އެ މައްސަލަ ބަލާ ހައިކޯޓުން ކުރި ހުކުމް 18 އެޕްރިލްގައި އެ މައްސަލަ ކުރިމިނަލް ކޯޓަށް ތަޙްވީލު ކުރުމުން ބޭއްވި އަޑު އެހުމެކެވެ.
އެ އަޑު އެހުމުގައި މިއަދު އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުން ނަމަވެސް ދައުވާ ކުރާ ފަރާތަށް، ދައުވާ ލިބޭ ފަރާތުން ކޯޓަށް ފޮނުވި ލިޔުމަށް ލިޔުމުން ޖަވާބު ދިނުމަށް ފުރުސަތު ލިބިފައި ނުވާތީ އާ ދައުލަތުން އެ ލިޔުންތަކަށް ލިޔުމުން ޖަވާބުދޭން ބޭނުންވާތީ އަދި ދައުވާ ލިބޭ ފަރާތުންވެސް ލިޔުމުން ރައްދު ދޭން ބޭނުންވާކަން ހާމަކުރުމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ދެ ފަރާތަށް ވެސް އެ ފުރުސަތު ދިނުމަށް 2 ދުވަހުގެ މުއްދަތު ދެއްވާފައެވެ.
އެގޮތުން އަންނަ ހަފްތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ދެ ފަރާތަށް ވެސް ދިނުމުން ދައުވާ ލިބޭ ފަރާތް ކަމަށްވާ ރައީސް ޔާމީން ވަނީ، އެމަނިކުފާނުގެ ލޯޔަރުންގެ ޓީމު އައު ވެފައި އޮތްކަމާ އަދި އެންމެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު މި ވަގުތު ރާއްޖެއިން ބޭރުގައި ހުނެނެވުމުން 2 ދުވަހުގެ މުއްދަތަކީ އެމަނިކުފާނަށް ކުރު މުއްދަތަކަށްވުމުން ހަފްތާއެއް ލިޔުމުން ޖަވާބު ދެއްވުމަށް އެރުވުމަށް އެދިވަޑައިގެންފައެވެ.
ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން ގާޒި ނަދީމު ވަނީ ހަފްތާއެއް މުއްދަތު ލިޔުމުން ޖަވާބު އެރުވުމަށް ދެއްވާފައެވެ.
މިއަދުގެ އަޑު އެހުމުގައި ދައުލަތުން ވަނީ، ހައިކޯޓުން ކުރި ހުކުމުގައި އައު ހެކި ބަލައިގަތުން އެއް ފަރާތްކުރުމަށް އަންގާފައި އޮތް ބައި ސުޕްރީމު ކޯޓުގައި އިސްތިއުނާފުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް ގާޒީ ނަދީމް ވިދާޅުވީ އެކަމުގެ ސަބަބުން ދަށު ކޯޓުގައި އޮތް މައްސަލައިގެ ޝަރިއަތުގެ ކުރިގެ މަރުހަލާ މަޑު ޖައްސާލަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ މައްސަލައިގެ އަޑު އެހުންތައް ލައިވްކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ. އެކަމަށް ދައުލަތުގެ ވެސް އިއުތިރާޒެއް ނެތުމާ އެކު ދެން އޮންނަ ހުރިހާ އަޑު އެހުމެއް ވެސް ލައިވްކުރަން ގަސްދުކުރާ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
