ބުޅާ މަހުން ކާ އެއްޗެހި ހެދި މީހާ ބުޅަލަށް ޖިންސީ ހާނިއްކަ ކުރިކަމުގެ ތުހުމަތު

ބުޅާ މަހުން ކާ އެއްޗެހި ހެދި މީހާ ބުޅަލަށް ޖިންސީ ހާނިއްކަ ކުރިކަމުގެ ތުހުމަތު
ލިޔުން:
މާލޭގައި އެކި ތަންތަނުން ބުޅާ ހިފައި އެތަަކެތި މަރައި، ކާއެއްޗެހި ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ އަރަފާތު ހޮސައިން (32އ) އިމިގްރޭޝަނާ އިއްޔެ ހަވާލުކޮށްފައިވާއިރު، އޭނާ ވަނީ ބުޅަލަށް ޖިންސީ ގޯނާވެސް ކޮށްފައި ކަމަށް ބައެެއް އަވަށްޓެރިން ތުހުމަތުކޮށްފިއެވެ.
އިމިގްރޭޝަނާ ހަވާލުކުރި ނަމަވެސް ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖުގައި ބުނެފައިވަނީ ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.
އަރަފާތު ހޯދަން އިއުލާނުކޮށްފައިވަނިކޮށް އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހެނދުނު 10:36 ހާއިރު ސެލޫނެއްގެ ތެރެއިންނެވެ.
އަރަފާތު ދިރިއުޅެމުން ދިޔައީ ގ. ރަނައުރާގެ އާގެ 8 ފޫޓާއި 10 ފޫޓުގެ ކޮޓަރިއެއް ކުއްޔަށް ނަގައިގެންނެވެ. އޭނާ ކައްކަމުން ދިޔައީ އެތަނުގެ ތެރޭގަ އެވެ.
މި މައްސަލަ ފެންމަތިކުރީ ފީލައިން ވެލްފެއާ އޯގަނައިޒޭޝަން ކިޔާ އެންޖީއޯ އަކުންނެވެ. އެ ތުހުމަތު އަރަފާތަށް ކޮށްފައި ވަނީ އޭނާ ވޯކް ޕާމިޓްގެ ފޮޓޮއަކާ އެކު އެ ޖަމިއްޔާއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގަ އެވެ. ބުނީ އޭނާއަކީ "ބުޅާ މަރައި، ކައްކާ އެ ތަކެތިން ކާތަކެތި ތައްޔާރުކުރާ މީހެއް،" ކަމަށެވެ.
އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނެފައި ވަނީ އެ މީހާ ދިރިއުޅޭ ގެ ކައިރިން ބުޅަލުގެ މަހުގެ ބައިތައް ފެނިފައިވާ ކަމަށެވެ. އޭނާއަކީ ބާގާ އާއި ސަބްމެރިން ވިއްކާ މީހެއް ކަމަށް ވެސް އެ މީހުން ބުނެ އެވެ.
ބައެއް އަވަށްޓެރިން ބުނެފައިވާ ގޮތުގައި އެމީހާ ނިދައި ކާތަކެތި ތައްޔާރުކުރާ ތަނުން ބުޅާ ހަރުއަޑުން ރޯއަޑު އިވޭތާ މިހާރު ހަމަސް ވެއްޖެއެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އޭނާ ބުޅާތައް މެރުމުގެ ކުރިން އެސޮރުމެންނަށް ޖިންސީ ގޯނާކުރެއެވެ.
"ބަންގާޅު ސޮރު ޖިންސީ އެދުން ފުއްދުމަށް ބުޅާތައް ބޭނުންކުރުމުން އެސޮރުމެން އެރޮނީ. ދެން އެއެއްޗެހި މާބޮޑަށް ބަލިވީމަ ކަތިލައިގެން އޭގެ މަސް ނަގައިގެން ކާއެއްޗެހި ހަދަނީ. މިހާރު އަހަރެމެންނަށް ގަބޫލުކުރެވޭ ގޮތަކީ މިއީ. އެހެންވޭމާ ފުލުހުންގެ ތަހުގީގުވެސް ތަފާތު އެންގަލުތަކުން ކޮށްގެން ނޫނީ އެމީހާގެ ހަގީގަތްތަކާ ހަމައަކަށް ނުދެވޭނެ،" މިނިވަންއަށް މައުލޫމާތުދިން އަވަށްޓެރިޔާ ބުންޏެވެ.
މިކަން މިހާރު ސޯޝަލް މީޑިއާގައިވެސް ބައެއް މީހުން ވަނީ އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
