އެކްޓަރު މެތިއުގެ މަރު: ފަސް މީހަކަށް ދައުވާ

އެކްޓަރު މެތިއުގެ މަރު: ފަސް މީހަކަށް ދައުވާ
ލިޔުން:
އެމެރިކާގެ މަޝްހޫރު އެކްޓަރު މެތިއު ޕެރީ މިދިޔަ 2023 ވަނަ އަހަރު މަރައިލި މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް އެގައުމުގެ އެޓާނީ ޖެނެރަލް އޮފީހުން ބުނެފި އެވެ.
ލޮސް އެންޖެލިސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ އޭޖީން ހާމަކުރި ގޮތުގައި މެތިއު މަރުވެފައިވާކަމަށް ބެލެވެނީ ކެޓެމިން ކިޔާ ނުރައްކާތެރި ބޭހެއްގެ ސަބަބުންނެވެ. މި އޮޕަރޭޝަންގެ ތެރެއިން އެ ބޭސް އުފައްދައި ވިއްކާ ފަރާތްތައް ހޯދައި އެމީހުންގެ މައްޗަށް ތަހުގީގުތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ.
ދައުވާ ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ ދެ ޑޮކްޓަރުންނާއި މެތިއުގެ ޕާސަނަލް އެސިސްޓެންޓުންގެ އިތުރުން "ދަ ކެޓަމިން ކުއީން" ގެ ނަމުން ނަން ދީފައިވާ މީހެއްކަމަށް އޭޖީ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުންޏެވެ.
ކެޓަމިންއަކީ ވަރަށް ފަސޭހައިން ދެވިހިފާ ބޭހެކެވެ. އޭޖީގެ ވަކީލު ބުނި ގޮތުގައި މެތިއު އެ ބޭހަށް ދެވި ހިފުމުން ދައުވާ ލިބޭ މީހުން އޭގެ ނާޖާއިޒު ފައިދާ ނަގާފައި ވެއެވެ. އަދި އެގޮތަށް ކަން ކުރަމުން ދިޔައީ ގޯސްކޮށް އެކަން ހިނގަމުންދާކަން އެނގި ތިބެ ކަމަށް ވަކީލު ބުންޏެވެ.
ދައުވާ ކުރި ފަސް މީހުންގެ ތެރެއިން ތިން މީހަކާއިއެކު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ.
ދައުވާ ލިބޭ މީހުންގެ ތެރެއިން ޑރ. ސަލްވަޑޯ ޕްލަސެންޝިއާ އާއި ސަންޓާ މޯނިކާގެ މައްޗަށް އުފުލާފައިވަނީ ކެޓަމިން ބެހުމުގެ ހަތް ދައުވާ އަކާއި އެކަން ރޭވުމުގެ އެއް ދައުވާ އެވެ. މި ދެ މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އަދި ތަހުގީގުގައި ހޯދި ލިޔުންތައް ސައްހަ ކަމަށްވެސް އެފަރާތުން އިންކާރު ކުރެ އެވެ.
މިމައްސަލައިގައި ދައުވާ ލިބޭ މީހުންގެ ވަކީލު ބުނާ ގޮތުގައި ދައުވާތައް ސާބިތުވާނެ ހެއްކެއް ހޯދިފައެއް ނުވެ އެވެ. މެތިއު ދިޔައީ ބައްޔަކަށް ފަރުވާ ހޯދަމުން ކަމަށާއި އެހެންކަމުން ކެޓަމިން ދިނީ އެ ބަލީގެ ފަރުވާއަށް ކަމަށް ދިފާއީ ވަކީލު ބުންޏެވެ.
އޭނާ ބުނާ ގޮތުގައި މެތިއު މަރުވުމުގައި ހިމެނޭ ކެޓަމިން އަކީ ޑރ. ޕްލަސެންޝިއާއާއި ގުޅުން ހުރި އެއްޗެއް ނޫނެވެ.
މެތިއުގެ އޮޓޮޕްސީ ރިޕޯޓުގައި ވާގޮތުގައި އޭނާ މަރުވީ ކެޓަމިންގެ ސަބަބުން ހަށިގަނޑުގައި އުފެދުނު އިންފެކްޝަނެއްގެ ސަބަބުންނެވެ. އެހެންނަމަވެސް އޭނާ މަރުވަން ދިމާވި ސަަބަބެއްގެ ގޮތުގައި ގެނބުންވެސް އޮޓޮޕްސީ ރިޕޯޓުގައި ހިމަނާފައި ވެއެވެ.
މެތިއު ޕެރީ އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދީ 90 ގެ އަހަރުތަކުގައި މަޝްހޫރުވެގެން އައި "ފްރެންޑްސް" ކިޔާ ސިޓްކޮމް އަކުންނެވެ. 10 ސީޒަން ހިމެނޭ އެ ސީރީޒްގައި މެތިއު އަދާކުރީ ޗޭންޑްލާގެ ރޯލެވެ. ކެރިއަރުގެ ކުރީކޮޅު މެތިއު ވަނީ މަސްތުވާތަކެއްޗަށް ދެވިހިފައިގެން ފަރުވާ ހޯދައިފަ އެވެ. އެކަމުން ސަލާމަތްވާން ކުރި ފަރުވާގެ ތެރޭގައި އޭނާ ޑިޕްރެޝަނަށްވެސް ދިޔަކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
