މާލެ: 31°C

ހެކި ބަލައި ނުގަތް މައްސަލަ ސުޕްރިމް ކޯޓުން ބަލައިގެންފި

ހެކި ބަލައި ނުގަތް މައްސަލަ ސުޕްރިމް ކޯޓުން ބަލައިގެންފި
August 21, 2024
2 ފަހަރު ބަލާފައި
ހެކި ބަލައި ނުގަތް މައްސަލަ ސުޕްރިމް ކޯޓުން ބަލައިގެންފި

ވ. އާރަށް ކުއްޔަށްދިނުމާ މުޢާމަލާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ހިމެނޭ ހެކި ބަލައި ނުގަތްމައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފު ކޮށްފައިވާއިރު ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި ރިޝްވަތާއި މަނީ ލޯންޑްރިންގްގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ކުރީގެ ރައީސްޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ރިޝްވަތު ދިނުމާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް އަދި ވ. ފުލިދޫ، ހަނދުވަރީގެ، ޔޫސުފްނަޢީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާކަމަށް 25 ޑިސެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ

އެކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ، ކްރިމިނަލް ކޯޓުގެ ނިންމުން ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްއާއި، ޔޫސުފް ނަޢީމްގެ ފަރާތުން ހައިކޯޓުގައިއިސްތިއުނާފުކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ކްރިމިނަލް ކޯޓުގެ ނިންމުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަކްރިމިނަލް ކޯޓަށް ތަޙުވީލުކުރުމަށް 18 އެޕްރީލް 2024 ދުވަހު އެ ކޯޓުން ނިންމި ކަމަށެވެ.

ހައިކޯޓުގެ ނިންމުމުގައި، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2016/12) ގެ 135 ވަނަ މާއްދާގެދަށުން ދައުލަތުން ހުށަހެޅި ހެކިތައް އެއްފަރާތްކުރުމަށް އަންގާފައިވާ ކަމަށާ އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން އަންގާފައިވަނީ، އެ ހެކިތައް ދަށު ކޯޓަށްބަލައިގަތުމުގެ އިޖުރާއަތް ރަނގަޅުނޫންކަމަށް ބަޔާންކޮށް ކަމަށް އެ އޮފީހުން ބުނެއެވެ

ޕީޖީން ބުނީ އަލުން ބެލުމަށް ތަޙުވީލުކޮށްފައިވާ މި މައްސަލައިގައި، އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއްކަނޑައަޅާއިރު އިޞްލާޙު ކުރެވިދާނެ އިޖުރާއަތަކަށްވާތީ، އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން އެންގި އެންގުން، ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާނިންމުންތަކާ އަރާރުންވާ ކަމަށެވެ

މި ސަބަބައްޓަކައި، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު، މި ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި 24 ޖުލައި 2024 ދުވަހު އެ ކޯޓަށް ޕީޖީ އޮފީހުން ވަނީ ފޮނުވާފައެވެ.

އެ އޮފީހުން ބުނީ ސުޕްރީމް ކޯޓުގައި އެދިފައިވާނީ، ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަބެއްލެވި ފަނޑިޔާރުން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގެދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާޢުން ހުށަހެޅުމެއް އޮތްނަމަ ހުށަހެޅުމުގެ ފުރުޞަތުދީ، އެ ހެކިތަކާ ގުޅިގެން ދެފަރާތުން ޝަރީޢަތުގައި ބަހުސްކުރުމުގެފުރުޞަތުދީ، އެ ހެކިތައް ބަލައިގަތުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އަންގައިދިނުމަށް ކަމަށެވެ

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާނީ މައްސަލައިގެ ހެކިތަކާ ގުޅޭ ބައި އެކަންޏެވެ. މި އިސްތިއުނާފުގެ ސަބަބުން، މައްސަލަ އަލުން ބަލައި ގޮތެއްކަނޑައެޅުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ ކަން ޕީޖީ އޮފީހުން ފާހަގަކުރެއެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ