މާލެ: 31°C

ޑރ. ޢަލީ ލަތީފާއި ބަންދު ސަލީމުގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ

ޑރ. ޢަލީ ލަތީފާއި ބަންދު ސަލީމުގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ
August 21, 2024
2 ފަހަރު ބަލާފައި
ޑރ. ޢަލީ ލަތީފާއި ބަންދު ސަލީމުގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ

ކޮވިޑު-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ކިޓު ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓްރީގައި ބޭނުން ކުރި ރީ އެންޖެންސް އަމިއްލަ މަސްލަހަތު އޮތްކުންފުންޏަކަށް ދިން މައްސަލައިގައި އެ ހޮސްޕިޓަލުގެ އޭރު ސީއީއޯ އަހުމަދު ސަލީމް އާއި ކޮވިޑުގެ ދުވަސްވަރުގައި އުފެއްދި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެމެމްބަރުކަން ކުރެއްވި ޑރ. އަލީ ލަތީފާއި އެހެން މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ފޮނުވައިފި އެވެ.

މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލައިދިނުމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މި މައްސަލަ ޕީޖީއަށް ފޮނުވައި ބުނީ ތަހުގީގަށް ހޯދި މައުލޫމާތުތަކުން ޑރ. ލަތީފާއި އޭނާގެ މަސްލަހަތު އޮންނައާރުއެމްއެލްއެސް ލެބް ސާވިސަސްއިން މަނީ ލޯންޑާރ ކުރިކަމަށް ތުހުމަތު ކުރެވޭކަމަށެވެ. އެހެންވެ މައްސަލައިގެ ވަކި ތަހުގީގުކޮށް ދިނުމަށް އެދި އޭސީސީވަނީ ފުލުހުނަށް ވެސް ހުށަހަޅާފަ އެވެ.

ކޮމިޝަނުން ބުނީ ޑރ. ލަތީފް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައިއޮޅުވާލާފައިވާކަމަށް ތަހުގީގަށް އެނގޭ ކަމަށެވެ. އަދި އެ މައްސަލަ މީރާއަށް ހުށަހަޅާފައިވާނެކަމަށް ބުންޏެވެ.

މީގެއިތުރުން، މި މައްސަލައިގައި، ޑރ. ލަތީފާއި ޑރ. މިލްޒާ އަބްދުލްމުހްސިނާއި ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެސަމާލުކަމަށް ގެނެސްފައިވާނެކަމަށް ވެސް އޭސީސީ ވަނީ ބުނެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ