މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު މުހައްމަދުގެ ހަރަދުގައި ބ. ކަމަދޫ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ފޯރުކޮށްދޭން ނިންމައިފި އެވެ.
އެކަމާ ގުޅިގެން ކަމަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، އެ ކައުންސިލާ އެކު ކުރި މަޝްވަރާގެ ތެރެއިން ސަން ސިޔާމް ކެއާގެ ފަރާތުން ވަނީ ކަމަދޫ ރައްޔިތުންނަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން އުސޫލެއްގެ ދަށުން ދޭން ނިންމާފައިވާ ކަމަށެވެ.
އެހީ ބޭނުންވާ މީހުން އެކަމާ ގުޅޭ ފޯމާއި ލިޔެކިޔުންތައް ކައުންސިލް އިދާރާ އަށް ހުށަހެޅުމުން، އެ ރަށު ކައުންސިލުން އެ އެހީ ހޯދުމަށް މަސައްކަތް ކޮށްދޭނެ ކަމަށް އިއުލާނުގައި ވެ އެވެ.
މިކަން އިއުލާން ކަމަދޫ ނަށާ ގުރޫޕުގައި ހިމެނޭ ކުއްޖަކާ ސަން ސިޔާމް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.






