ފެނަކައިގެ އައިސް ޕްލާންޓްތައް ފިޝަރީޒްގެ ދަށަށް ބަދަލުކުރަން މަޝްވަރާކޮށްފި

ފެނަކައިގެ އައިސް ޕްލާންޓްތައް ފިޝަރީޒްގެ ދަށަށް ބަދަލުކުރަން މަޝްވަރާކޮށްފި
ލިޔުން:
ފެނަކައިގެ ދަށުން ހިންގަމުން އައި އައިސްޕްލާންޓްތައް ހިންގުން އެ ކުންފުނިން ހުއްޓާލަން ނިންމުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީއާ އެކީ މަޝްވަރާތަކެއްކޮށްފި އެވެ.
މިކަމާ ބެހޭ ގޮތުން އެ މިނިސްޓްރީން ބުނީ އައިސްޕްލާންޓްތައް ބަދަލުކުރުމުގެ މަރުޙަލާ އޮމާންކަމާ އެކީ ކުރިއަށް ގެންދެވޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
މި މަޝްވަރާތަކުގައި އިސްކޮށް ތިއްބެވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޢާޒު މުޙައްމަދު ރަޝީދެވެ.
މިނިސްޓްރީން ބުނީ ފެނަކައިގެ ދަށުން ހިންގަމުން އައި އައިސްޕްލާންޓްތައް ބަދަލުކުރުމުގެ މަރުޙަލާ ނިމެންދެން އެ އައިސްޕްލާންޓްތައް ހާއްސަކޮށްފައިވާ މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން ފެނަކައިން ދީފައިވާ ކަމަށެވެ.
ފެނަކައިން ބުނެފައި ވަނީ އައިސްޕްލާންޓްތައް ހިންގުމަކީ ކުންފުނީގެ ޚިދުމަތުގެ އަމާޒުން ބޭރު މަސައްކަތެއް ކަމަށެވެ. އަދި ފެނަކައިގެ ހާލަތު މިހާރު އޮތް ގޮތުން ވެސް އައިސް ޕްލާންޓްތަކުގެ ހިދުމަތް ދިނުމަކީ ކުންފުންޏަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.
މުއާޒު ވިދާޅުވެފައި ވަނީ އައިސް ޕްލާންޓް ހިންގަން ހަދައިގެން ފެނަކަ ކުންފުންޏަށް މަހަކު 12 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުންވާ ކަމަށެވެ. އަދި އެ މައްސަލައިގައި މިފްކޯ އާއި ކަމާގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާކޮށް، އެ ކުންފުނިން ދެން އައިސްޕްލާންޓްތައް ނުހިންގަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރު އައި އިރު، ފެނަކައިން ދިޔައީ 25 ރަށެއްގައި އައިސް ޕްލާންޓް ހިންގުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކުންފުންޏާ އައިސްޕްލާންޓްތަކެއް ހިންގަން ހަވާލުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.
އައިސް ޕްލާންޓްތަކަކީ މަސްވެރިންނަށް ފަސޭހަ އިން އައިސް ފޯރުކޮށް ދިނުމަށް ދޭ ހިދުމަތެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
