އެގޮތަށް ނިންމާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ ގޮތުން ޖުޑިޝަރީ ކޮމިޓީން ހުށަހަޅާފައިވާ މައްސަލަ ކޮމިޓީން ދިރާސާކުރުމަށްފަހު އެވެ.
ޓެކްސް އެޕީލް ޓްރަބިއުނަލްގެ ކޮރަޕްޝަން މައްސަލަތަކެއް އޭސީސީއަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި

ޓެކްސް އެޕީލް ޓްރަބިއުނަލްގެ ކޮރަޕްޝަން މައްސަލަތަކެއް އޭސީސީއަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި
ލިޔުން:
ޓެކްސް އެޕީލް ޓްރަބިއުނަލްގެ ކޮރަޕްޝަން މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެ މައްސަލާގައި އެ ކޮމިޓީގެ 7 ބައްދަލުވުމެއް ބާއްވާފައިވާއިރު އެ ޓްރައިބިއުނަލަށް ކޮމިޓީގެ މެންބަރުން ޒިޔާރަތްކުރިއެވި އެވެ. އޭގެ އިތުރުން އެކަމުގެ މައުލޫމާތު ސާފުކުރުމަށް އެ ޓްރައިބިއުނަލްގެ ރައީސް އާއި ނައިބު ރައީސް އަދި މެންބަރުން އެ ކޮމިޓީއަށް ހާޒިރުކުރި އެވެ.
އެ މައްސަލާގެ ރިޕޯޓް ހުށަހަޅަމުން އެ ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކު ވިދާޅުވީ ކޮމިޓީއަށް ފާހަގަކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި ކޮރަޕްޝަންގެ ބައެއް ކަންކަން ހިމެނޭ ކަމަށެވެ. އަދި ހަރަދު ކުޑަކޮށް ކުރެވެން ހުރި ކަންކަން ނުކޮށް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.
އޭގެ އިތުރުން ޓްރައިބިއުނަލްގެ އެތެރޭގެ ހިންގުމުގައި ހުރި ކަންކަންތަކެއް ފާހަގަކުރެވިފައިވާ ކަމަށް ހުސްނީ ވިދާޅުވި އެވެ.
އެ ކޮމިޓީން ނިންމާފައިވަނީ ކޮރަޕްޝަންއާ ގުޅޭ ކަންތައްތައް ތަހުގީގުކުރުމަށް އޭސީސީ އަށް ހުށަހެޅުމަށެވެ.
އެ ނިންމުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާފައިވާއިރު އޭސީސީއަށް އެ މައްސަލަ ފޮނުވުމަށް ފާސްކޮށްފައިވަނީ 63 މެންބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް 10 މެންބަރަކު ވޯޓު ދެއްވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
