
ވިއްސާރާގައި ގެތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހަދަނީ
ވިއްސާރާގައި ގެތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހަދަނީ
ލިޔުން:
ވިއްސާރާގައި މާލެ ސަރަހައްދުގެ ގެތަކަށް ލިބުނު ގެއްލުން 8 ލައްކަ ރުފިޔާއަށް ވުރެ މަތި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފި އެވެ.
އެންޑީއެމްއޭއިން ބުނީ މާލޭން ފެން ބޮޑުވުމުގެ ސަބަބުން އެސެސްމަންޓް ހަދަން ޖެހޭ ކަމަށް 41 ގެއެއް ފާހަގަކުރެވުނު ކަމަށެވެ.
އެހެންނަމަވެސް ހަތަރު ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާ ކަމަށް އެންގުމުން އެސެސްމަންޓް ހެދީ 37 ގެއެއްގެ ކަމަށް ވެސް އެ އޮތޯރިޓީން ފާހަގަކުރެއްވި އެވެ.
މާލޭގެ އިތުރުން ވިއްސާރާގައި ރާއްޖޭގެ އެހެން ރަށްރަށަށް ލިބުނު ގެއްލުންތައް މޮނިޓާރ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭން ވަނީ ބުނެފަ އެވެ.
ހޯމަ ދުވަހުގެ މެންދުރު ފަހު 2:00 ޖެހުމާ ހަމައަށް 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބިގެން އެސެސްމަންޓް ހެދުމަށް ފޯމު ހުށަހަޅާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައި ވެއެވެ.
އަދި ތިން ރަށެއްގެ ދަނޑުބިންތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
