މާލެ: 31°C

ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއްގެ މައްސަލައެއް ފެންމަތިވެއްޖެ

ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއްގެ މައްސަލައެއް ފެންމަތިވެއްޖެ
August 20, 2024
2 ފަހަރު ބަލާފައި
ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއްގެ މައްސަލައެއް ފެންމަތިވެއްޖެ

ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއްގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ބިދޭސީ މީހާގެ ވީޑިއޯއެއް ދައުރުވަމުންދާއިރު، އެ ޕޯސްޓުގައި ވަނީ އޭނާއަކީ ބުޅާ މަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރު ކުރާ މީހެއްކަމަށެވެ. އަދި އެޕޯސްޓުގައި ވަނީ ބިދޭސީ މީހާ ދިރިއުޅޭ ސަރަހައްދުން މަރުވެފައިވާ ބުޅާތައް ފެންނަކަމަށެވެ.

އެ ސަރަހައްދުން ބުޅާތަކުގެ ރޯއަޑު އިވިފައިވާކަމަށާއި، އަދި ބައެއް ދުވަސްތަކުގައި ބުޅަކުގެ ބައިތަކެއް ވެސް ފެންނަކަމަށް ވެއެވެ. އޭނާ ދިރިއުޅޭ ގޭގައިކާބޯތަކެތި ތައްޔާރު ކުރާކަމަށް ތުހުމަތުކޮށް، އެ ޕޯސްޓުގައި ވަނީ އެ އިމާރާތުގައި ދުން ބޭރު ކުރުމަށް ހޮޅިއެއް ވެސް ހަރުކޮށްފައިވާކަމަށެވެ.

އޭނާ ވިއްކާ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ، ބާގާއާއި ސަބްމެރިންކަމަށް ގިނަ މީހުން ބުނެ އެވެ. މީގެ ކުރިން އޭނާ އެތަކެތި ވިއްކަމުން އައީ ލޯގޯއެއް ޖަހައިގެންނަމަވެސް ފަހުން ކާބޯތަކެތި ވިއްކަނީ އެއްވެސް ލޯގޯއެއް ނުޖަހައިކަމަށް ވެއެވެ.

މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވެ، ބައެއް މީހުން ވަނީ ބިދޭސީ މީހާ އާންމުކޮށް އެކި ބުޅާތަކާއި އެކު ފެންނަކަމަށް ބުނެފަ އެވެ.

އިމިގްރޭޝަނަށް މިފަދަ މައްސަލައެއް ލިބިފައިވޭތޯ ސުވާލު ކުރުމުން، އެ އިދާރާއިން ބުނެފައި ވަނީ އިމިގްރޭޝަން ވޮޗްއަށް ލިބުނު ރިޕޯޓެއްގެ މައްސަލައިގައިބިދޭސީ މީހަކު ހޯދަން އިއުލާނުކޮށްފައިވާނެކަމަށެވެ. އޭނާއަށް ފަސް ދުވަހުގެ ނޯޓިސްއެއް ދީ، އިމިގްރޭޝަނަށް ހާޒިރުވާން އެންގިއިރު މި މައްސަލައިގައިފުލުހުންގެ ތަހުގީގެއް ކުރޭތޯ އަދި ސާފެއް ނޫނެވެ.

އަރަފާތް ހުސެއިން ނަމަކަށް ކިޔާ އެ މީހާއަކީ، 32 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ.

މީގެ ދުވަސްތަކެއް ކުރިން، މާލޭގެ މޭރީ ބްރައުން ކުރިމަތީ ޕާކިން ޒޯންގައި ބިދޭސީއަކު ބުޅަލެއް ކޮތަޅަކަށް އަޅަން މަސައްކަތް ކުރާ ވީޑިއޯއެއް ދައުރުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ