މާލެ: 31°C

އިލެކްޓްރޯނިކް ގަވަމެންޓް ޕްރޮކިއުމަންޓް ސިސްޓަމެއް ގާއިމު ކުރުމުގެމަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފި

އިލެކްޓްރޯނިކް ގަވަމެންޓް ޕްރޮކިއުމަންޓް ސިސްޓަމެއް ގާއިމު ކުރުމުގެމަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފި
August 19, 2024
2 ފަހަރު ބަލާފައި
އިލެކްޓްރޯނިކް ގަވަމެންޓް ޕްރޮކިއުމަންޓް ސިސްޓަމެއް ގާއިމު ކުރުމުގެމަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފި

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ދަށުން އިލެކްޓްރޯނިކް ގަވަމެންޓް ޕްރޮކިއުމަންޓް (އީ ޖީޕީ) ސިސްޓަމެއް ގާއިމު ކުރުމުގެމަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފި އެވެ.

މި މަސައްކަތް ފެށުމާއި ގުޅޭ މާ ބޮޑު ތަފްސީލެއް އަދި ނުލިބުނު ނަމަވެސް، ފިނޭންސް މިނިސްޓްރީ ކުރި ޕޯސްޓެއްގައި ބުނީ އީ ޕީޖީ ސިސްޓަމް ގާއިމު ކުރުމަށްބޭނުންވާ ކަންކަމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް މިއަދު ކުރިޔަށް ގެންގޮސްފައިވާކަމަށެވެ.

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުމުގެ މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީގު ވެސްބައިވެރިވެވަޑައިގެންނެވި އެވެ.

މިނިސްޓްރީން މަސައްކަތް ފެށި އީ ޖީޕީ ސިސްޓަމަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި، ސަރުކާރުތަކުގެ ޕްރޮކިއުމަންޓް ހިންގުމަށް ބޭނުން ކުރާނިޒާމެކެވެ.

ފިނޭންސް މިނިސްޓްރީ ވަނީ މިދިޔަ ހަފްތާގައި އީ ޖީޕީ ސިސްޓަމް ތަންފީޒުކުރުމާއި އިންޓަގްރޭޓްކޮށް މަޝްރޫއުގެ ލަނޑުދަނޑިތައް ހާސިލްކޮށް، ސަރުކާރުގެޕްރޮކިއުމަންޓް ޕްރޮސެސްތަކަށް އީޖީޕީ އިމްޕްލިމެންޓޭޝަން ފަންކްޝަނަލް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކޮންޓްރެކްޓް މުވައްޒަފެއްނެގުމަށް ވެސް އިއުލާނުކޮށްފަ އެވެ. އަދި އެ ފުރުސަތު ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމެއްގެ ބޭނުމަކީ، ދައުލަތުގެ ތަންތަނަށް ތަކެތި ގަތުމާއި، ހިދުމަތް ހޯދުމާއި، މަސައްކަތް ކުރުވުމުގައި، ހާމަކަންބޮޑު ޒިންމާދާރުގޮތެއްގައި ހުރިހާ ފަރާތެއްގެ މަސްލަހަތަށް ބަލައި ވަޒަންކޮށްގެން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާދަވެރި މާޙައުލެއްގައި ކަންތައްތައް ތަންފީޒުކުރުމެވެ. އަދި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމެއް ހިންގުމުގައި މައިގަނޑު ގޮތެއްގައި ބަލަންވާނީ ދައުލަތުގެ ފައިސާ ހޭދަކުރެވެނީ، ވާދަވެރި މާހައުލެއްގެ ތެރެއިން،އިގްތިސާދީ ގޮތުން އެންމެ ފައިދާ ހުރި، އަދި ހާމަކަން ބޮޑު ޒިންމާދާރު ގޮތެއްގެ މަތިންކަން ޔަގީން ކުރުމެވެ.

މީގެއިތުރުން ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއި އިތުބާރާއެކު ތަފާތުކުރުމެއް ނެތި ޕްރޮކިއުމަންޓުގެ ކަންތައްތައް ގެންދެވޭކަމުގެޔަގީންކަން ހޯދައިދިނުމާއި އެކު، އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުވުން ހިމެނެ އެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ