މާލެ: 31°C

އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުން ލަސްވާތީ ޔާމީންގެ ފާޑުކިއުން ސަރުކާރަށް

އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުން ލަސްވާތީ ޔާމީންގެ ފާޑުކިއުން ސަރުކާރަށް
August 19, 2024
2 ފަހަރު ބަލާފައި
އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުން ލަސްވާތީ ޔާމީންގެ ފާޑުކިއުން ސަރުކާރަށް
ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމަކީ ޚާރިޖީ ސިޔާސަތުގެ ބައެއްކަމަށާ އެއީ މަޖިލީހުގެ މަސައްކަތާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިފަދައިން ވިފާޅުވެފައިވަނީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވަމުްނ ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ދަ ފްރޮންޓް އޮފީހުގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކުރުމަށް ސަރުކާރުން ކަންކަންކުރަމުން ގެންދަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމަކީ ޚާރިޖީ ސިޔާސަތުގެ ބައެއްކަމަށާ އެއީ މަޖިލީހުގެ މަސައްކަތާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުން މަޖިޅިހާ ޖާމިނުނުކޮށް ސަރުކާރުގެ އެނިޔަތް ނެތިއްޔާ އެކަން ހާމަކުރުމަށްވެސް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ. ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ވަނީ ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކޮށް 200 އެތައް ދުވަހެއް މިހާރު ފާއިތުކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ