މާލެ: 31°C

ނޫމަޑިއަށް 55 މިލިއަން ޑޮލަރު ދޭން ޖެހުނީ މުއިއްޒުގެ ސަބަބުން: ޔަަމީން

ނޫމަޑިއަށް 55 މިލިއަން ޑޮލަރު ދޭން ޖެހުނީ މުއިއްޒުގެ ސަބަބުން: ޔަަމީން
August 19, 2024
2 ފަހަރު ބަލާފައި
ނޫމަޑިއަށް 55 މިލިއަން ޑޮލަރު ދޭން ޖެހުނީ މުއިއްޒުގެ ސަބަބުން: ޔަަމީން
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދޭން ޖެހުނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެ މައްސަލައިގައި ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ދެއްވި ބަޔާން މުއިއްޒު ބަދަލުކުރެއްވިކަން މަޖިލީހުގެ ކޮމިޓީން ހާމަވި ކަމަށެވެ. ކްރިމިނަލް ކޯޓުގައި ބަޔާން ނުދެއްވާ ކަމަށް މުއިއްޒު ވިދާޅުވެ ކަނޑައެޅިގެން ދޮގު ހެއްދެވި ކަމަށް ވެސް ރައީސް ޔާމީން ތުހުމަތު ކުރެއްވި އެވެ.
އިތުރަށް ރައީސް ޔާމީން ވިދާޅުވީ އެކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ ނުކުރެއްވީ އެމްޑީޕީ އާއި މުއިއްޒުއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ވެވަޑައިގަތުމަށް މުއިއްޒު ހުށަހެޅުއްވި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ