ޔަހޫދީންނަށް ހަމަލާ ދިނުމަށް ހަދާފައިވާ ބިންގަރާސްތައް ދައްކާލުމުން ސިހުމާއި ހައިރާންކަން

ޔަހޫދީންނަށް ހަމަލާ ދިނުމަށް ހަދާފައިވާ ބިންގަރާސްތައް ދައްކާލުމުން ސިހުމާއި ހައިރާންކަން
ލިޔުން:
ޒަޔަނިސްޓު ޔަހޫދީންގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންނަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތައް ދިނުމަށް ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ބޭނުން ކުރާ ބިންގަރާސްތަކާއި ހަތިޔާރުތައް ދައްކައިލައިފިއެވެ. ޙިޒްބުاللهން އެ ތަންތަން ދައްކައިލައި, ޔަހޫދީ ފައުޖުގެ ސިފައިންގެ ހިތްތަކަށް ބިރުވެރިކަން ވެރިކުރުވާފައި ވަނީ, އެ ޖަމާޢަތުން ޢާންމު ކުރި 4 މިނެޓުގެ ދިގު ވީޑިޔޯއަކާ އެކުގައެވެ.
އެ ވީޑިޔޯއިން ފެންނަނީ ރޮކެޓް ލޯންޗަރު ހަރު ކޮށްފައިވާ އުޅަނދުތަކެއް ބިންގަރާސްތަކެއްގެ ތެރޭގައި ދަތުރުކުރާ މަންޒަރެވެ. އަދި, ޙިޒްބުاللهގެ މުޖާހިދުން ބިންގަރާާހުގެ ތެރޭގައި ސައިކަލުގައި ދަތުރު ކުރާ މަންޒަރާއި, ލެޕްޓޮޕްތަކެއް ބޭނުން ކުރަން ތިބި މަންޒަރު ފެނެއެވެ. ވީޑިޔޯގެ އެންމެ ފަހުން ފެންނަނީ ދަގަނޑު ދޮރުތަކެއް ހުޅުވައިލައި, ރޮކެޓު ޙަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ މަންޒަރެވެ.
އެ ވީޑިޔޯއިން ފެންނަ ބިންގަރާހަށް ދީފައިވާ ނަމަކީ ޢިމާދު 4އެކެވެ. އެ ތަނަށް ނަން ދީފައި ވަނީ, 2008ވަނަ އަހަރު ޝަހީދު ކޮށްލާފައިވާ ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ޢިމާދު މުޣުނިއްޔާގެ ހަނދާނުގައެވެ. ބިންގަރާހުގެ ފާރުތަކުން މުޣުނިއްޔާއާއި ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުاللهގެ އިތުރުން ޝަހީދު ކޮށްލާފައިވާ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ކުރީގެ ކޮމާންޑަރު ޤާސިމް ސުލަޔިމާނީގެ ފޮޓޯ ޖެހި ޕޯސްޓަރުތައް ފެނެއެވެ.
ޙިޒްބުاللهން އެ ވީޑިޔޯ ޝާއިޢު ކުރުމާ އެކު, ލުބްނާންގެ ވެރިރަށް ބައިރޫތުގައި ހުންނަ އީރާނުގެ އެމްބަސީން ވެސް ވަނީ, އެ ޤައުމުން ވެސް ޔަހޫދީންނަށް ޙަމަލާ ދިނުމަށް ބިންގަރާސްތައް ބިނާ ކޮށްފައިވާ ކަން ހާމަކޮށް, ޔަހޫދީންނަށް އިންޒާރު ދީފައެވެ. އީރާނުން ބުނީ, އެ ޤައުމުން ބިނާ ކޮށްފައިވާ ބިންގަރާސްތައް ބޭނުން ކޮށްގެން ނުރައްކާތެރި މިސައިލް ޙަމަލާތައް ވެސް ދެވޭނެ ކަމުގައެވެ.
2019ވަނަ އަހަރު ޔަހޫދީން ވަނީ ޙިޒްބުاللهން ބިނާ ކޮށްފައިވާ ބިންގަރާހުގެ ބޮޑު ނެޓްވަރކެއް ހޯދައި ހަލާކު ކޮށްލާފައިވާނެ ކަމަށް ބުނެފައެވެ. އެއިރު ވާހަކަފުޅު ދައްކަވަމުން ނަޞްރުالله ވިދާޅުވީ, އިސްރާއީލުގެ އުތުރުގެ ސަރަޙައްދުތަކަށް އެތެރެވެވޭނެ ފަދަ ބިންގަރާހުގެ ބިޔަ ނެޓްވަރކެއް ޙިޒްބުاللهން ބިނާ ކޮށްފައިވާނެ ކަމުގައެވެ.
ޙިޒްބުاللهން ޔަހޫދީންނަށް ބިރު ދެއްކުމުގެ ގޮތުން ބިންގަރާސްތަކާއި ރޮކެޓްު ލޯންޗަރުތަކުގެ ވީޑިޔޯއެއް ޢާންމު ކޮށްފައި މި ވަނީ މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ފައުޖުން ދާދި ފަހުން ވަނީ ބައިރޫތަށް ބޮންއަޅައި, ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ޝަހީދު ކޮށްލާފައެވެ. އެ ޖަމާޢަތުން ވަނީ އެ ކަމުގެ ބަދަލު ހިފާނެ ކަމަށް ބުނެ ޔަހޫދީންނަށް އިންޒާރު ދީފައެވެ.
އެއަށްފަހު ޔަހޫދީ ފައުޖުން ވަނީ އީރާނުގެ ވެރިރަށް ތަހްރާނަށް ނިރުބަވެރި ޙަމަލާއެއްދީ, ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލާފައެވެ. އެ ޙަމަލާއާ ގުޅިގެން އީރާނުގެ އިތުރުން އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ޔަހޫދީންގެ ކިބައިން ބަދަލު ހިފުމަށް ނުރައްކާތެރި އަދި ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. މި އިންޒާރުތަކަށް ޖެހިލުންވެ, ޔަހޫދީން ދަނީ ހަނިއްޔާ ޝަހީދު ކޮށްލަން ދިން ޙަމަލާގެ ޒިންމާ އުފުލަން ދެކޮޅު ހަދަމުންނެވެ. ޙިޒްބުاللهއަކީ އެކްސިސްގައި ހިމެނޭ ޖަމާޢަތެކެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
