ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
އެ އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ގިނަ އަދަދަކަށް އަވަސް އަވަހަށް ބައި އިލެކްޝަން ބާއްވަން ޖެހުމުން ދައުލަތުގެ މާލީޔާ އަށާއި އިލެކްޝަން ކޮމިޝަނަށް އެކަމުގެ ސަބަބުން ބުރަ ބޮޑުވެ އެ ކޮމިޝަނުގެ މަސައްކަތްތަކަށްވެސް ހުރަސް އެޅެމުންދާތީ ކަމަށް އެ އިސްލާހަށް ވާހަކަ ދައްކަވަމުން މެންބަރުން ފާހަގަ ކުރެއްވިއެވެ. ކުރިން އޮންނަ ގޮތުން ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރަކު އިސްތިއުފާ ދޭތާ ނުވަތަ މަގާމު ހުސްވާތާ 2 މަސް ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ. ނަމަވެސް ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ޖަލްސާ ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަ ނުވާ ނަމަ މިހާރު ވެސް ގާނޫނުގައި އޮންނަ ގޮތަށް 60 ދުވަހުގެ ތެރޭގައި ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބައި-އިލެކްޝަން ބާއްވަން ޖެހޭނެއެވެ.
ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީ ތަކުގެ ބައި-އިލެކްޝަން އަހަރަކު ދެފަހަރު ބާއްވްންޖެހޭ ގޮތަށް ފާސްކުރި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި
ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީ ތަކުގެ ބައި-އިލެކްޝަން އަހަރަކު ދެފަހަރު ބާއްވްންޖެހޭ ގޮތަށް ފާސްކުރި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް

ހއ ދިއްދޫގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
