ބަލާ ފާސްކުރުމުގެ ތެރޭގައި ފުލުހުން މީހަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ތ. އަތޮޅު ވޭމަންޑޫގައެވެ. އެގޮތުން އެރަށުން ޒުވާނަކު ފޭސްބުކްގައި ޕޯސްޓުކޮށްފައިވާ ވީޑިއޯއެއްގައި ވަނީ އަނިޔާކުރި ކަމަށް ބުނާޕޮލިސް މީހާ އާ ސުވާލުކުރާ މަންޒަރު ފެނިގެން ގޮސްފައެވެ.
އެ ވީޑިއޯގައި ޒުވާނުންތަކެއް ބުނަމުން ދާ އަޑު އިވިގެން ދަނީ ހައްޔަރުކުރިއަސް އަމުރަށް ނުކިޔަމަންތެރިވިޔަސް އަނިޔާނުކުރެވޭނެ ކަމަށެވެ. އަދި ބިޑިއެޅުވިއިރުވެސް އަތް އަނބުރާލާ އަނިޔާކޮށްފައިވާ ކަމަށް ވެސް އެ ވީޑިއޯގައި ބުނާ އަޑު އިވިގެން ދެއެވެ.
ވީޑިއޯގައި އިތުރަށް ބުނެފައިވަނީ އެ މަންޒަރުން ފެންނަ ފުލުހުންގެ ތެރެއިން އެއް ފުލުހަކީ ތަކުރާރުކޮށް އެފަދައިން މީހުންނަށް އަނިޔާކުރާ ފުލުހެއް ކަމަށެވެ







