ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ގެއަކަށް ވަދެ އަންހެނެއް ގައިގައި ކަޓަރު އަޅައި, ފައިސާ ފޭރިގަތް މައްސަލާގައި މީހަކު ހައްޔަރުކޮށް އެ މިހާގެ ވަނަވަރު ފުލުހުންއާންމުކޮށްފި އެވެ.
ކޯޓު އަމުރުގެ ދަށުން އެ މައްސަލާގައި ހައްޔަރުކުރީ ގދ. ތިނަދޫ, ސްކޫނަ އަލީ ޝައްމާހު ވަހީދު (29އ) އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނީ އެކަމެއް ހިނގީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. ހަމަލާދީފައިވަނީ ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީއަންހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.







