މާލެ: 31°C

ހެދިކާއެއްގެ ތެރޭގައި އޮތް ތޫނު އެއްޗަކުން ކުޑަ ކުއްޖެއްގެ އަނގައިގެ ހިރުގަނޑު ޒަހަމްވެއްޖެ

ހެދިކާއެއްގެ ތެރޭގައި އޮތް ތޫނު އެއްޗަކުން  ކުޑަ ކުއްޖެއްގެ އަނގައިގެ ހިރުގަނޑު ޒަހަމްވެއްޖެ
August 18, 2024
2 ފަހަރު ބަލާފައި
ހެދިކާއެއްގެ ތެރޭގައި އޮތް ތޫނު އެއްޗަކުން ކުޑަ ކުއްޖެއްގެ އަނގައިގެ ހިރުގަނޑު ޒަހަމްވެއްޖެ

ހެދިކާއެއްގެ ތެރޭގައި އޮތް ތޫނު އެއްޗަކުން  ކުޑަ ކުއްޖެއްގެ އަނގައިގެ ހިރުގަނޑު ޒަހަމްވެއްޖެއެވެ.

މިކަން ހިނގާފައިވަނީ ގދ. ތިނަދޫގައެވެ. މި ހާދިސާގައި ޒަޚަމްވި ކުޑަ ކުއްޖާގެ އަނގައިގެ ކަނާތު ފަޅީގެ ތިރީ ހިރުގަނޑާ ދިމާލުން ވަނީ ބޮޑުތަނެއް ކަފައިގެންގޮސްފައެވެ.

މިކަމަ ގުޅިގެން އެކުއްޖާގެ އާއިލީ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތިނަދޫ ސުމަން ފިހާރައިން ގަތް ހެދިކާ ކޭއިރު، ފުޅިތޮށިގަނޑެއްއަނގައަށް ވަދެ، ކޮއްކޮގެ އަނގައިގެ އެތެރެ ކަފައިގެން ގޮސްފައިކަމަށެވެ. އަދި އެތަނަކީ އެ ރަށު ވަރަށް ގިނަ މީހުން ހެދިކާ ގަންނަ ތަނެއްކަން ފާހަގަކޮށްބުނެފައިވަނީ ހެދިކާ ވިއްކާއިރު ސާފުތާހިރު ކަމަށް ބަލަން ޖެހޭ ކަމަށެވެ.

އެފިހާރައިން ވިއްކީ އެރަށު ކެފޭއެއްގައި ހަދާ ހެދިކާއެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެކެފޭ ބަންދުކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ