މާލެ: 31°C

ބިދޭސީންގެ ފީތައް ނުދައްކާ ކުންފުނިތަކަށް އެކެސްޕެޓް ސިސްޓަމުގެ ޚިދުމަތް ނުލިބޭ ގޮތް ހަދަން ނިންމައިފި

ބިދޭސީންގެ ފީތައް ނުދައްކާ ކުންފުނިތަކަށް އެކެސްޕެޓް ސިސްޓަމުގެ ޚިދުމަތް ނުލިބޭ ގޮތް ހަދަން ނިންމައިފި
August 18, 2024
3 ފަހަރު ބަލާފައި
ބިދޭސީންގެ ފީތައް ނުދައްކާ ކުންފުނިތަކަށް އެކެސްޕެޓް ސިސްޓަމުގެ ޚިދުމަތް ނުލިބޭ ގޮތް ހަދަން ނިންމައިފި

ބިދޭސީންގެ ފީތައް ނުދައްކާ ކުންފުނިތަކަށް އެކެސްޕެޓް ސިސްޓަމުގެ ޚިދުމަތް ނުލިބޭ ގޮތް ހަދަން ނިންމައިފިއެވެ.

ބިދޭސީންގެ ވޯކްޕާމިޓް ފީ ނުދައްކައިގެން ލިސްޓު އާންމު ކުރިއިރު، އޭގެ ތެރޭގައި މަޝްހޫރު ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ. ސިޔާސީ ނުފޫޒާއި ބާރުއޮތް އެކި މީހުންގެ ނަން ލިސްޓުގައި ހިމެނި މީޑިއާތަކުގައި ރިޕޯޓު ކުރުމުން ކުންފުނިތަކުން ނިކުމެ އެ މީހުންގެ ދިފާއުގައި ވާހަކަ ދެއްކެވި އެވެ.

ވޯކްޕާމިޓް ފީއާއި، ކޯޓާ ފީ ނުދައްކައިގެން ޖުރިމަނާތައް އަރާފައިވާ ކުންފުނިތަކުގެ ނަންތައް އާންމު ކުރީ މިދިޔަ ޖުލައި މަހުގެ 24 ގައެވެ. އަދި ވަކި މުއްދަތެއްގެތެރޭގައި ފައިސާ ދައްކަން އެންގިއިރު، 1،026 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ 636 މިލިއަން ރުފިޔާއަށް އަރަ އެވެ. މީގެތެރޭގައިހިމެނޭ 123 ކުންފުންޏަކުން ދައްކަން ޖެހޭ ފައިސާތައް ހުރީ މިލިއަނުންނެވެ.  މިނިސްޓްރީން އާންމު ކުރި ލިސްޓު ދައްކާ ގޮތުގައި އެންމެ ބޮޑު އަދަދެެއްދައުލަތަށް ދައްކަން ޖެހޭ ކުންފުނީގެ ބިލުތަައް 26 މިލިއަން ރުފިޔާއަށް އަރައެވެ.

ކުންފުނިތަކުގެ ނަންތައް އާންމު ކުރުމަށް ފަހު، އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު މިނިސްޓްރީ ވަނީ ކުރިން ދީފަ އެވެ. އެގޮތުން މިރޭ ބުނެފައި ވަނީއަލަށް ދިން މުއްދަތުގައި ބިދޭސީ މަސައްކަތްތެރިންގެ ފީތައް ނުދައްކާ ކުންފުނިތައް، އެކެސްޕަޓް ސިސްޓަމުންގެ ހިދުމަތުން އުނި ކުރާނެކަމަށެވެ.

އެކްސްޕަޓް ސިސްޓަމަކީ ބިދޭސީންނާއި ގުޅޭ ހުރިހާ ހިދުމަތެއް ދީ، ހުއްދަތަކާއި ކޯޓާއާއި ގުޅުން ހުރި މަސައްކަތް ކުރިޔަށް ގެންދާ ނިޒާމެވެ. އެހެންކަމުން އެސިސްޓަމުގެ ތެރެއިން ކުންފުނި ނަގައި، ސަސްޕެންޑު ކުރުމުން އެއިން އެއްވެސް ހިދުމަތެއް ކުންފުންޏަށް ނުލިބޭނެ އެވެ.

ބިދޭސީންނާއި ގުޅުން ހުރި ގިނަ މަސައްކަތްތައް މިވަގުތު ކުރަމުން ދާ ހޯމް މިނިސްޓްރީން އާންމު ކުރި އިއުލާނެއްގައި ބުނީ މި ކުންފުނިތަކަށް ފައިސާ ވަކިމުއްދަތެއްގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް އެންގިކަމަށެވެ. އަދި މިދިޔަ ހޯމަ ދުވަހު މުއްދަތު ހަމަވުމަށް ފަހު އަނެއްކާވެސް ދޭ އިތުރު ފުރުސަތެއްގެ ގޮތުންތާރީހު މި މަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީން ބުނީ، އެންގުމުގައިވާ ގޮތަށް ދޭ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ނަމަ ބިދޭސީން ވަޒީފާ އަދާކުރުމާއި ބެހޭ ގަވައިދުގެ ދަށުން އެކްޕަޓްސިސްޓަމުން ސަސްޕެންޑުކޮށް އެ ކުންފުންޏެއް ހުރިހާ ހިދުމަތެއް ދިނުން މެދުކަނޑާލާނެކަމަށެވެ.

މިނިސްޓްރީގެ ފަހުގެ އެންގުން އާންމު ކުރުމުގެ ކުރިން، ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ކުންފުނިތަކާއި އެކްސްޕަޓް ސިސްޓަމްގެ ހިދުމަތް ލިބޭފަރާތްތަކާއި އެކު ބައްދަލުވުމެއް ކުރިޔަށް ގެންދިޔަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ