މާލެ: 31°C

ޖުލައި މަހުގެ މުދަލު ޒަކާތަށް 15 މިލިއަން

ޖުލައި މަހުގެ މުދަލު ޒަކާތަށް 15 މިލިއަން
August 17, 2024
2 ފަހަރު ބަލާފައި
ޖުލައި މަހުގެ މުދަލު ޒަކާތަށް 15 މިލިއަން

މުދަލު ޒަކާތުގެ ގޮތުގައި ޖުލައި މަހުގައި 15.5 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެތަފާސްހިސާބުތަކުން ހާމަވެއްޖެ އެެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު 2023 ވަނައަހަރުގެ އެ މުއްދަތާއި އަޅާބާލައިރު ދެގުނަ އިތުރުކަން ފާހަގަކޮށްލެވެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު މީރާއަށް ޒަކާތުގެ ގޮތުގައި ލިބުނީ 7.3 މިލިއަން ރުފިޔާއެވެ.

މި އަހަރު ލިބިފައިވަނީ 15.5 މިލިއަން ރުފިޔާއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 58.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އަދި މި އަހަރުގެ މިހާތަނަށް ޒަކާތުގެ ގޮތުގައި ލިބުނީ 66.3 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 13.1 އިންސައްތަ އިތުރުއަދަދެއްކަން ވެސް ފާހަގަކޮށްލެވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ