މާލެ: 31°C

އޯކޭ ޒާހިރު ނިޔާވެއްޖެ

އޯކޭ ޒާހިރު ނިޔާވެއްޖެ
August 17, 2024
2 ފަހަރު ބަލާފައި
އޯކޭ ޒާހިރު ނިޔާވެއްޖެ

އެމްޑީޕީއިން އިސްވެ ކުރިއަށް ގެންދިޔަ އިސްލާހީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ނިޔާވެއްޖެ އެވެ.

ޒާހިރު ނިޔާވެފައިވަނީ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:30 ހާއިރު އެވެ.

އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ޒާހިރު ވަނީ އެމްޑީޕީގެ ފޮނަދޫ ދާއިރާގެ ރައީސްކަންވެސް ކުރައްވާފަ އެވެ. އޭގެ އިތުރުން 2008 ވަނަ އަހަރުރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޒާހިރު ވަނީ ތިލަފުށީ ކޯޕަރޭޝަންގެ ބޯޑު މެންބަރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ޒާހިރަކީ ތަފާތު އެކި އުފެއްދުންތައް އުފައްދައިގެން އޭގެ ވިޔަފާރި ކުރެއްވި ވިޔަފާރިވެރިއެއްވެސް މެ އެވެ. އޭގެ އިތުރުން މަހުގެ ބާވަތްތަކާއި ހުއިފިލަނޑާއެކްސްޕޯޓް ކުރެއްވި ބޭފުޅެއްވެސްމެ އެވެ.

އެގޮތުން 1993 ވަނަ އަހަރު އިގުތިސާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން،ހިތްވަރު ދިނުމުގެ ގައުމީ އިނާމު ޒާހިރަށް ވަނީ ދީފަ އެވެ.

އުމުުރުން 76 އަހަރުގެ ޒާހިރު ނިޔާވިއިރު އޭނާގެ އަންބަކާއި ނުވަ ދަރިން އެބަ ތިއްބެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ