ބިދޭސީންގެ ފީދެއްކި ކުންފުނިތައް އާންމުކޮށްފި

ބިދޭސީންގެ ފީދެއްކި ކުންފުނިތައް އާންމުކޮށްފި
ލިޔުން:
ބިދޭސީންނާއި ގުޅޭގޮތުން ދައުލަތަށް ނުދައްކާހުރި ފައިސާ ދައްކައި ޚަލާސްކުރި ކުންފުނިތަކުގެ މަޢުލޫމާތު ދާހިލީ ވުޒާރާއިން ޢާއްމުކޮށްފިއެވެ.
ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮަށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަން ޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100،000 ރުފިޔާ އަށްވުރެ އިތުރުވާ ކުންފުނިތަކުގެ ލިސްޓެއް އެވުޒާރާއިން ނެރުނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ލިސްޓުގައި 1026 ކުންފުންޏެއްގެ މަޢުލޫމާތު ވަނީ އާންމުކޮށްފަ އެވެ.
އެވުޒާރާއިން ރޭ އާންމުކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އިއުލާނުގައި ހިމެނޭ 20 ކުންފުންޏަކީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފީތަކާއި ގުޅިގެން ދައުލަތަށް ގަވާއިދުން ދައްކަން ޖެހޭ ފީތައް ދައްކަމުންދާ ކުންފުނިތައް ކަަމަށެވެ. އަދި މިއަދާ ހަމައަށް އެ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ކަމަށް ކަނޑައެޅިފައިވާ އަދަދަށް ފައިސާ ދައްކާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ރޭ ނެރުނު ލިސްޓުގައި ރާއްޖޭގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ޔުނިވާސަލް, އެލިއާ, ސީގަލް ގުރޫޕް, ރެޑްވޭވް, ދަ ހޯކްސް އަދި ވިލާ ގްރޫޕުގެ ކުންފުނިތައްވެސް ހިމެނެއެވެ.
މި ލިސްޓު އާންމުކުރި އިރު ބުދާދުވަހު އެވުޒާރާއިން ވަނީ ބިދޭސީންނާއި ގުޅޭގޮތުން ދައުލަތަށް ނުދައްކާހުރި ފައިސާތަކުގެ ތެރެއިން 182،954،572ރ. ރިކަވާ ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
