ޣައްޒާ-އިޒްރޭލު ހަނގުރާމާގައި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އެތައްބަޔަކު ދިރިއުޅެމުން އަންނަ އަލް މަސާވީ ރެފިއުޖީ ޓެންޓުތަކަށް ޔަހޫދީން އަނެއްކާވެސް ބޮން އަޅައިފި އެވެ.
އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޔަހޫދީން ބޮން އަޅައި އެޓެންޓުތަކުގައި ބޯހިޔާވަހިކަން ހޯދަމުން ދިޔަ 4 މީހަކު ވަނީ ޝަހީދުކޮށްލާފައި އެވެ. އޭގެ ތެރޭގައި3 ކުޑަކުދިން ހިމެނޭ ކަމަށްވެސް އަލް ޖަރީޒާއިން ރިޕޯޓު ކުރެއެވެ.
މިހަމަލާގައި ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރާއިރު ޒަހަމްވީ ކިތައް މީހުން ކަމެއް އަދި މިހާތަނަށް ކަށަވަރުވެފައިނުވެއެވެ.
މި ނިމުނު ހަފްތާގެ ތެރޭގައިވެސް ޔަހޫދީން ވަނީ އަލް މަސާވީ ރެފިއުޖީ ޓެންޓުތަކަށް ހަމަލާތަކެއް ދީ ބަޔަކު ޝަހީދުކޮށްލާފައި އެވެ. އަލް މަސާވީ ރެފިއުޖީކޭމްޕަކީ ހަނގުރާމައިގައި ސޭފް ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޒޯނެއްކަންވެސް ފާހަގަކޮށްލެވެއެވެ.
ޔަހޫދީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 40,000 އަށްވުރެ ގިނަ މީހުންޝަހީދުވެފައިވާކަމަށް ޣައްޒާގެ ސަރުކާރުން ބުނާއިރު އޭގެ ތެރޭގައި 16,000 އަށްވުރެ ގިނަ ކުޑަކުދިންވެސް ހިމެނެއެވެ







