މާލެ: 31°C

ގޯއްޗާއި ފްލެޓް ނުލިބިގެން އަނެއްކާވެސް މުޒާހަރާ

ގޯއްޗާއި ފްލެޓް ނުލިބިގެން އަނެއްކާވެސް މުޒާހަރާ
August 17, 2024
2 ފަހަރު ބަލާފައި
ގޯއްޗާއި ފްލެޓް ނުލިބިގެން އަނެއްކާވެސް މުޒާހަރާ

ކުރީ ސަރުކާރުން ދޭން ނިންމި ގޯއްޗާއި ފްލެޓް ނުދީ މި ސަރުކާރުން ލަސްކުރަމުން ގެންދާތީ އަނެއްކާވެސް މުޒާހަރާކޮށްފި އެވެ.

ހުކުރު ދުވަހުގެ ރޭ ބްރިޖް ވިޔު ސަރަހައްދުގައި ކުރިޔަށް ދިޔަ މި މުޒާހަރާގައި މިނިސްޓަރ ހައިދަރުގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފައެވެ.

މި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު އެ ފަރާތްތަކުން މުޒާހަރާގައި ހިފައިން ތިބި ބޯޑުތަކުން ފެނިގެންދިޔައީ ސަރުކާރުން ކުރިންވީ ވައުދާއިއަހުދުތަކާއި ހިލާފްވުމުން އެކަމުގެ ނުރުހުން ފާޅުކޮށްފައި ހުރި މިންވަރެވެ.

އެގޮތުން ގޯތި ދީފައިވާ ސަރަހައްދުތައް ހިއްކާ އަވަސް މުއްދަތެއްގައި ގޯއްޗާއި ފްލެޓްތައް ދިނުމަށް ވަނީ ގޮވާލާފައެވެ.

ދާދީ ފަހުން ހައުސިންގ މިނިސްޓަރު ހައިދަރު މަޖިލިސް ތަޅުމަށް ހާޒިރުކުރުމުން ވަނީ ފްލެޓްތައް މި އަންނަ އޮކްޓޯބަރު މަހު ތެރޭގައި ދޭނެ ކަމަށްވިދާޅުވެފައެވެ.

އެހެން ކަމުން މުޒާހަރާގައި ގިނަ ފަރާތްތަކުން ވަނީ ވައުދުފުއްދުމަށް ގޮވާލާފައެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ