މާލެ: 31°C

ދުންފަތާއި ވޭޕުން ޑިއުޓީ ބޮޑުކުރަނީ

ދުންފަތާއި ވޭޕުން ޑިއުޓީ ބޮޑުކުރަނީ
August 17, 2024
2 ފަހަރު ބަލާފައި
ދުންފަތާއި ވޭޕުން ޑިއުޓީ ބޮޑުކުރަނީ

ވޭޕާއި ސިގިރޭޓުން ނަގާ ކަސްޓަމްސް ޑިއުޓީ ބޮޑުކުރުމަށް ފިނޭންސް މިނިސްޓްރީއިން ހުށަހަޅައިފިއެވެ.

އެގޮތުން ވޭޕުން ނަގާ ކަސްޓަމްސް ޑިއުޓީ ބޮޑު ކުރުމަށް ހުށައަޅާފައިވަނީ 200 އިންސައްތައަށެވެ. އަދި ސިނގިރޭޓަކުން ފަސް ރުފިޔާގެ ޑިއުޓީއެއްނެގުމަށެވެ. މިހާރު ވޭޕްގެ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 25 އިންސައްތައެވެ. އަދި ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގަމުން އަންނަނީ ތިންރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީއިން މާލިއްޔަތު ކޮމެޓީއަށް ހުށައަޅާފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ނުރައްކާތެރި އެ ދެ ބާވަތުން ޑިއުޓީބޮޑުކުރުމަށެވެ.

މިހާރު ސިނގިރޭޓް ފޮއްޓެއް ވިއްކަނީ 105 އަށްކަމަށްވާއިރު، މި ބަދަލާއިއެކު މީގެ އަގު ބޮޑުވެގެންދާނެއެވެ. އަދި ވޭޕްގެ އަގުތައް މިހާރަށް ވުރެ 175 އިންސައްތަ އުފުލިގެން ދާނެއެވެ.

މިދިޔަ ބުދަ ދުވަހު ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމުން ވަޒީރު ވިދާޅުވީ، ސިއްހަތަށް ގެއްލުންވާ ބާވަތްތައްރާއްޖެއަށް އެއްވެސް ވަރަކަށް  އެތެރެކުރަން މެޖޯރިޓީ މީހުން ބޭނުންނުވާކަމަށެވެ. ދުންފަތުގެ ޑިއުޓީގެ އަގު ބޮޑު ކުރަން ނިންމީ އެހެންވެކަމަށް މިނިސްޓަރުވިދާޅުވިއެވެ.

މިކަމުގެ މަގްސަދެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ މުޖުތަމައުއާއި، އާންމު ފަރުދުންނަށް، ސިއްހަތަށް ގެއްލުންވާ އެއްޗެހި ޑިސްކަރޭޖްކުރުމެވެ.

މިހާރު އަހަރެއްގެ މައްޗަށް ރާއްޖެއަށް 1.8 ބިލިއަން ރުފިޔާގެ ނުވަތަ 400 މިލިއަން ޑޮލަރުގެ ސިނގިރޭޓު އެތެރެކުރާކަމަށް ތަފާސް ހިސާބުތައް ދައްކާއިރު،މިކަން މަދުކުރުމަށްޓަކައި އަދިވެސް އިތުރު ޓެކްސްތައް ނަގަންޖެހޭކަމަށް ހެލްތު މިނިސްޓްރީއިންވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ދުންފަތާއި ގުޅުން ހުރި ހުރިހާ ތަކެއްޗަކަށް ކުރިން ދެމުން އައި ޑިއުޓީ އިނާޔަތްތައްވެސް ކަނޑާލުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމަށް ކަނޑައަޅާފައިވާ ތާރީހަކީ އަންނަ ނޮވެމްބަރު މަހެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ